logo
Bank of Maldives

Bank of Maldives

ޚަބަރު

ސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފި

ޒިދާން މުޙައްމަދު
16 ޑިސެމްބަރު 2025 - 17:27
ސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފި

އަވަށްޓެރި ސްރީލަންކާގައި ދިވެހި އައިޑެންޓިޓީ (އައިޑީ) ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް އިސްކަން ދީގެން ކުރިއަށްގެންދާ ކަމެކެވެ. މިގޮތުން މިމަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިބުނީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.

ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ.

ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ ހުރިހައި އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުވެސް ވަނީ ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | 4 ދުވަސް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 20 ދުވަސް ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 20 ދުވަސް ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 21 ދުވަސް ކުރިން