logo
ޚަބަރު

ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުކޮށްފައިވަނީ ކުރީ ސަރުކާރު ތަކުން - މިނިސްޓަރ އިޙްސާން

އަޙްމަދު ޒަލީފް
23 އޭޕްރީލު 2025 - 13:52
ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުކޮށްފައިވަނީ ކުރީ ސަރުކާރު ތަކުން - މިނިސްޓަރ އިޙްސާން

2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޭގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ. މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާފައިވާނެ. ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަމަށް ވާނީ ކަށަވަރު ކުރެވިފައި." ދާޚިލީ ވަޒީރު ވިދާޅުވިއެވެ. 

ދާޚިލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށެވެ. އަދި އީފާސްއަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށެވެ.

ނަމަވެސް 2014ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ދާޚިލީ ވަޒީރު ވިދާޅުވީ އެކަން އެނގިގެން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ ޚަބަރު | 4 މަސް ކުރިންރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުކޮށްފައިވަނީ ކުރީ ސަރުކާރު ތަކުން - މިނިސްޓަރ އިޙްސާންޚަބަރު | 4 މަސް ކުރިންއިދިކޮޅުން ހޯމް މިނިސްޓަރާ ދެކޮޅަށް ނުކުތް ނުކުތުމަކީ މި ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތުމެއް: މުބީންޚަބަރު | 7 މަސް ކުރިންޚަރަދު ކުޑަކުރެވޭނީ ހުރިހާ ޤައިދީން އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށްގެން - މިނިސްޓަރޚަބަރު | 9 މަސް ކުރިން