logo
E-Platinum
ޚަބަރު

ވިއްސާރައިގައި ކުރެންދޫގެ 70 ގެއަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 ނޮވެމްބަރު 2024 - 16:00
ކުރެންދޫ ފެނު އަޑީގައި -- ފޮޓޯ: މުޙައްމަދު ޝާން ، ފޭސްބުކް
ކުރެންދޫ ފެނު އަޑީގައި -- ފޮޓޯ: މުޙައްމަދު ޝާން ، ފޭސްބުކް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ 70 ގެއަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރާ ގުޅިގެން ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އަދާހަމަ ދެމުން އެންޑީއެމްއޭ އިން ބުނީ، މުޅި ރާއްޖެގެ އެކި ޙިސާބުތަކަށް ވެސް މިއަދު ވާރޭ ވެހުނު ކަމަށާއި، އެގޮތުން ޅ. ކުރެންދޫ އަށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ކުރެންދޫގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ 70 ވަރަކަށް ގެއަކަށް ގެއްލުންވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މިހާރު ގެއްލުން ލިބުނު ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

467433734_10160532874586016_8391444426970583979_n.jpg

ކުރެންދޫގެ ގެއެއްގެ ތެރެއަށް ފެން ވަދެފައި -- ފޮޓޯ: މުޙައްމަދު ޝާން، ފޭސްބުކް

މީގެ އިތުރުން، އައްޑޫ ފެދޫއަށް ކުރި ވިއްސާރައިގައި އެ ރަށުގެ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިން އަށް ފެންއެޅުމުގެ ސަބަބުން ސީލިން ވެއްޓިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަދި އެ ހާދިސާގެ ސަބަބުން އެގޭގެ ފުރާޅު މާރާމާތުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިއްޔެ އިން ފެށިގެން މުޅި ރާއްޖެއަށް ދަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މި ވިއްސާރައަކީ ހުޅަނގު ނިމި، އިރުވައި މޫސުމަށް އެޅޭތީ ކުރާ ވިއްސާރައެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ ޚަބަރު | މަހެއް ކުރިންނައިޖީރިޔާގައި ފެންބޮޑުވެ، 3000 މީހުންގެ ގެދޮރު ގެއްލިއްޖެ World | 2 މަސް ކުރިން72 ގަޑީރު ތެރޭ 4500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފި ޚަބަރު | 7 މަސް ކުރިންވިއްސާރައިން ލިބެދާނެ އެންމެހައި ގެއްލުންތަކަށް ތައްޔާރު : ފުލުހުން ޚަބަރު | 7 މަސް ކުރިން