logo
MPL

MPL

ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ

އަޙްމަދު ޒަލީފް
28 ޖޫން 2025 - 11:38
ޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި، އިރުމަތީގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް ނުވަ މީހަކު މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

 މަރުވެފައިވާ ނުވަ މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ 9 މީހުންނެވެ. ޖުމްލަ 16 މީހުންގެ އެ އާއިލާ އަކީ، ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި އޮންނަ ސްވާތު ކޯރު ކައިރިއަށް ހެނދުނުގެ ނާސްތާއަށް ދިޔަ ބައެކެވެ.

އެ އާއިލާގެ ކުޑަކުދިންތައް ކޯރަށް އެރި، ފޮޓޯ ނަގަން އުޅެނިކޮށް، މޫސުން ގޯސްވެ، ކޯރު ބަންޑުންވި ކަމަށާއި، އެ ކުދިން ސަލާމަތް ކުރަން ދިޔަ ބޮޑެތި މީހުން ވެސް ފެންގަނޑުގައި ތާށިވީއެވެ.

އެ ސަރަޙައްދުގެ އިމަޖެންސީ ސަރވިސްގެ ތަރުޖަމާނު ޝާޙް ފަހުދު ވިދާޅުވީ، އެކި ގްރޫޕްތަކަށް ބަހާލައިގެން 100 އެއްހާ ސަލާމަތީ މުވައްޒަފުން، 58 މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި، ކޯރު ބަންޑުންވެ، ބެހިގެންދިތަ ދިޔަ ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްތާ ފެށުނީއްސުރެ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ހައިވޭތައް ބަންދުވެ ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ފެށޭ ހަފްތާގައި ވެސް ޕާކިސްތާނުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، 2022 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ވިއްސާރަ މޫސުމުގައި ވިއްސާރައިގެ އަސަރު ކުޑަވާނެކަމަށް ޕާކިސްތާނުގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފިޚަބަރު | 10 ދުވަސް ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 15 ދުވަސް ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 16 ދުވަސް ކުރިންޕާކިސްތާނުގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެދުނިޔެ | 5 މަސް ކުރިން