logo
E-Platinum
World

ނައިޖީރިޔާގައި ފެންބޮޑުވެ، 3000 މީހުންގެ ގެދޮރު ގެއްލިއްޖެ

އަޙްމަދު ޒަލީފް
1 ޖޫން 2025 - 13:50
ނައިޖީރިޔާގައި ފެންބޮޑުވެ، 3000 މީހުންގެ ގެދޮރު ގެއްލިއްޖެ

ނައިޖީރިޔާގައި ފެންބޮޑުވެ 151 މީހެއްގެ ފުރާނަ ގެއްލި، 3000 މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

ނިޖަރު ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (އެންއެސްއީއެމްއޭ)ގެ ތަރުޖަމާނު، އިބްރާހީމް ހުސައިނީ ވިދާޅުވީ، މި އެންމެ ފަހުގެ ތަފާސްހިސާބުތައް ހާމަކުރީ ބުދަ ދުވަހުގެ ރޭން ފަށައިގެން ބުރާސްފަތި ދުވަހާ ހަމައަށް ދެމިގެންދިޔަ ބާރުގަދަ ވިއްސާރައަށް ފަހު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނީމާ) އިން ވަނީ ހުކުރު ދުވަހު ނިޖަރު ސްޓޭޓްގައި ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، މިފަދަ ކާރިސާތަކަށް އަވަހަށް ތައްޔާރުވުމާއި ގެއްލުން ކުޑަކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ކާރިސާތަކާ ގުޅޭ ކަންކަން ބަލަހައްޓާ އޮފިޝަލުންނާއި ބައިވެރިން ވަނީ ތަކުރާރުވާ ފެންބޮޑުވުންތަކަށް ދާއިމީ ހައްލުތަކެއް ހޯދުމާ މެދު ވާހަކަ ދައްކާފައެވެ.

މި ވިއްސާރައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ގެތަކާއި، މަގުތަކާއި ދެ ފާލަން ހިމެނޭ ގޮތަށް އުމްރާނީ ވަސީލަތްތައް ހަލާކުވެގެން ގޮސްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ ޚަބަރު | މަހެއް ކުރިންނައިޖީރިޔާގައި ފެންބޮޑުވެ، 3000 މީހުންގެ ގެދޮރު ގެއްލިއްޖެ World | 2 މަސް ކުރިން72 ގަޑީރު ތެރޭ 4500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފި ޚަބަރު | 7 މަސް ކުރިންވިއްސާރައިން ލިބެދާނެ އެންމެހައި ގެއްލުންތަކަށް ތައްޔާރު : ފުލުހުން ޚަބަރު | 7 މަސް ކުރިން