logo
ޚަބަރު

ާޕާކިސްތާނުގައި ފެންބޮޑުވުން: 377 މީހުން މަރުވެއްޖެ

އަޙްމަދު ޒަލީފް
21 އޯގަސްޓު 2025 - 11:53
ާޕާކިސްތާނުގައި ފެންބޮޑުވުން: 377 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ ކަރާޗީގައި 377 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ގުގުރައި ވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

ކަރާޗީގެ ކަމާބެހޭ އިދާރާތަކުން ވަނީ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކާއި އޮފީސްތައް ބަންދުކުރުމަށް އަންގައިފައެވެ. ސަރަޙައްދީ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނެއް ކަމަށްވާ އަންޖުމް ނާޒިރު ވިދާޅުވީ ވާރޭ ވެހޭ މިންވަރު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ކަރާޗީގެ އެކި ސަރަޙައްދުތަކަށް 80 މިލިމީޓަރާއި 178 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

p08pwk2v.jpg

ނާޒިރު ވިދާޅުވީ ކަރާޗީގެ ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް 163.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އެއީ 1979ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު މިންވަރެެވެ. ކަރާޗީގެ އިރުއުތުރުގެ ސަރަައްދުތަކަށް 178 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ އެ ސަރަޙައްދުގައި މީގެ ފަސް އަހަރުކުރިން މޫސުމާބެހޭ މަރުކަޒެއް ޤާއިމުކުރި ފަހުން ވާރޭފެހިފައިވާ އެންމެ ގިނަ މިންވަރެެވެ.

ވާރޭގެ ސަބަބުން ކަރަންޓުގެ ޚިދުމަތާއި މޮބައިލް ފޯނުގެ ޚިދުމަތުގެ އިތުރުން ފްލައިޓުތަކަށް ވެސް ބުރޫ އަރާފައިވެއެވެ. ފެންބޮޑުވެފައިވާ ކަރާޗީގެ މަގުތަކުގައި ކާރާއި އެހެނިހެން އުޅަނދުތައް އޮޔާދާތަނާއި، ގެތައް ފެނުގެ ތެރޭގައިވާ މަންޒަރު ފެންނަ ވީޑިޔޯތައް އެކި މަންސަތަކުގައި ދަނީ ދައުރުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ދެ މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ ދުނިޔެ | 2 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ ޚަބަރު | 11 ދުވަސް ކުރިންާޕާކިސްތާނުގައި ފެންބޮޑުވުން: 377 މީހުން މަރުވެއްޖެ ޚަބަރު | 13 ދުވަސް ކުރިންޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެޚަބަރު | 16 ދުވަސް ކުރިން