logo
Bank of Maldives

Bank of Maldives

ޚަބަރު

ވިއްސާރައިން ލިބެދާނެ އެންމެހައި ގެއްލުންތަކަށް ތައްޔާރު : ފުލުހުން

ރަނާ އަޙްމަދު ފަޔާޒް
13 ޖެނުއަރީ 2025 - 06:20
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

ވިއްސާރައިން ލިބެދާނެ އެންމެހައި ގެއްލުންތަކަށް ތައްޔާރުކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު މެޓު އޮފީހުން ދީފައިވެއެވެ. އެހެންކަމުން މިކަމުން ލިބެދާނެ އެންމެހައި ގެއްލުންތައް ކުޑަކުރުމަށް ޓަަކައި ފުލުހުން ތައްޔާރައް އޮތްކަމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ފެންބޮޑުވާ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ފުލުހުން 24 ގަޑިރު ހަރަކާތްތެރި ވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

" ހާއްސަކޮށް މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން 24 ގަޑީރު އެ ގެއްލުން ލިބޭ ގެ ތަކުގެ ގޭބިސީތަކުގެ ބޭފުޅުންނާއިއެކު ހަރަކާތްތެރިވުމަށް އިރުޝާދުދެވި އެކަމަށްޓަކައި އަޅުގަނޑުމެން ވާނީ އިންތިޒާމުތަކެއް ހަމަޖައްސާފައި. އެހެންމަ މާލޭގައި ހާއްސަކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ ޓީމުތައް މި ސަރަހައަދުތަކުގައި ހަރަކާތްތެރިވާނެ"

މީގެއިތުރުން ވެސް ކުރިއަށް މިއޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް ކުރާނެ ކަމަށް ލާފަ ކުރާ ވިއްސާރައަށް ތައްޔާރު ވުމުގެ ގޮތުން ފެން ބޮޑު ވެއްޖެނަމަ ފެންހިންދުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް ވެސް ފުލުހުން އެހީތެރިވާނެކަމަށް ވެސް ކޮމިޝަނަރ ވަނީ ހާމަކުރައްވާފައެވެ.

ހަމަމިއާއެކު ވާރޭ ވެހެން ފަށާ ހިސާބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެންމެހައި ވިޔަފާރިތަކަށް ވެސް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ވެސް ފުލުހުންނާއި ސިފައިން މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، މޫސުމަށް ސަމާލުކަންދީ، ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް މެޓުން އިލްތިމާސްކުރެއެވެ. މީގެއިތުރުން މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މެޓުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިޚާބުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފުލުހުން އެއްބަސްވެއްޖެޚަބަރު | ދުވަހެއް ކުރިންޑްރަގާއެކު ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިންއައްޑޫގައި ސައިކަލްތަކެއްގައި ރޯވެ ދެ ސައިކަލް ބޭނުން ނުކުރެވޭވަރަށް އަނދައިފިޚަބަރު | 2 ދުވަސް ކުރިންކުރިނބީ ސުކޫލުގައި މިއަހަރު އޯލެވެލް ހަދަމުންދާ ދަރިވަރުންނަށް ފުލުހުން ނަސޭހަތްދީފިޚަބަރު | 2 ދުވަސް ކުރިން