މިފްކޯގެ ދަރަނި 32 މިލިއަނަށް އަންނަ ހަފްތާ އެފައިސާ ދޭނެ- މިފްކޯ
19 ނޮވެމްބަރު 2024 - 07:02

މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން ރުފިޔާ އަންނަ ހަފްތާ ތެރޭގައި ދޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން މިއަދު ބުނީ އެކުންފުނިން މިހާތަނަށް މަސްވެރިންނަށް ދޭން ހުރި ފައިސާގެ އަދަދަކީ 32 މިލިއަން ރުފިޔާ ކަމަށެވެ. އެފައިސާ އަންނަ ހަފްތާ ތެރޭގައި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދީފައި ވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.
މަސްވެރިންނަށް ނުދެވި ހުރީ 16 މިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާ ހަވާލުކޮށް ނިމުމުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް ކްލިއާ ވާނެ ކަމުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވެސް ވަނީ މީގެ ކުރީން ވިދާޅުވެފައެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގަައި ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މިފްކޯގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ އޮތީ ބަދަލުކޮށްފައެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މިފްކޯ ހަރުދަނާކޮށް އެ ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭންނުޖެހޭ ކުންފުންޏަކަށް ބަދަލު ކުރުން ކަމަށާ، އަމާޒުހުރީ އެދިމާލަށް ކަމަށް ސަރުކާރުން ބުނެއެވެ.

-01.jpg&w=3840&q=75)
