ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ރިޕޯޓްކުރަން އެދެފި


19 ނޮވެމްބަރު 2024 - 13:30
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ރިޕޯޓްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެދެމެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ގަދަވަޔައެކު ވިއްސާރަކުރާ ދުވަސްވަރު ދިމާވެދާނެ ހާދިސާއަކަށް ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެފަދަގޮތަކަށް ހައްޔަރުކުރުމާއި ބޭނުންނުކުރާނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިންވާލާފައި ބެހެއްޓުމުގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަންދިނުމަށްވެސް އިރުޝާދުދެއްވާފައެވެ.
އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމައަށް ޔަގީން ކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށުގެ ގެތަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. ވިއްސާރައިގައި ގެއްލުންލިބިގެން ރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ދ.ބަނޑިދޫ، ޅ.ކުރެންދޫ، ސ.ފޭދޫ ހިމެނެއެވެ. މިރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ވަރަށް ގޯސް، ސަމާލުވާން އެދިއްޖެ
5 މަސް ކުރިން
ފެންބޮޑުވުމާއި ގުޅިގެން ވަގުތީ ހިޔާގައި މިހާރު އެއްވެސް މިީހަކު ނެތް
5 މަސް ކުރިން
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ: މެޓް
4 މަސް ކުރިން