logoEN
ޚަބަރު

ފެންބޮޑުވުމާއި ގުޅިގެން ވަގުތީ ހިޔާގައި މިހާރު އެއްވެސް މިީހަކު ނެތް

ފެންބޮޑުވުމައި ގުޅިގެން ވަގުތީ ހިޔާގައި މިހާރު އެއްވެސް މިީހަކު ނެތްކަމަށް މައުލޫމާތުދޭ

ފެންބޮޑުވުމައި ގުޅިގެން ވަގުތީ ހިޔާގައި މިހާރު އެއްވެސް މިީހަކު ނެތްކަމަށް މައުލޫމާތުދޭ

ސުދާ ލަތީފްސުދާ ލަތީފް

23 ޑިސެމްބަރު 2024 - 05:46

ރާއްޖޭގެ ރަށްތަކަށް ކުރަމުން އައި ވިއްސާރައިގެ ފެންބޮޑުވުމާއި ގުޅިގެން ވަގުތީ ހިޔާގައި މިހާރު އެއްވެސް މިީހަކު ނެތް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންްޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ޑިސެމްބަރު 17 ވަނަ ދުވަހު ކުރި ވއްސާރައިއގައި 3 ރަށަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވެއެެ. އެއީ ނ ހެނބަދޫ، ނ. ކެނދިކުޅުދޫ އަދި ޅ ކުރެންދޫ އެވެ.

މީގެ ތެރެއިން ނ ހެނބަދޫގެ 80 ވަރަކަށް ގެއަށް ފެންވަދެގެން ރިޕޯޓްކޮށްފައި ވެއެވެ.ނަމަވެސް މި ހާދިސާގައި އެއވެސް ގައަކަށް މީހަކު ބަދަލުކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައެއް ނުވޭ. ނ. ހެނބަދޫގައި ފެން ހިއްކުމުގެ މަސައްކަތުގައި މޯލްޑިވްް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާއިން ހަރަކާތްތެރިވެފައިވާއިރު ދިވެހި ރެޑް ކޮރެސެންޓްގެ ވެލިދޫ ދަރުމަވެރިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފަންވަދެ ގެއްލުން ލިިބިގެން ޑެމޭޖް އެސެސްމެންޓު ހެދުމަށް ފަހު 27 ގެއެއްގައި ފޯމު މިހާރު ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އަށް ހަވާލުކޮށްފައެވެ. އދި މިހާރު މި ފޯމްތައް ވެރިފައިކޮށް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނ ހެނބަދޫ ފިޔަވައި އިތުރު ރަށަކުން ވިއަސާރައިގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމެންޓް ފޮނުވައިފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އިން ބުނެފައި ވެއެވެ.

ޑިސެމްބަރު 21 ވަނަ ދުވަހު މާލޭގައި ހިނގި ފެންބޮޑުވުމެގެ ހާދިސާއާއި ގުޅިގެން ނޭޝާނަލް ޑިޒާސްޓަރ މެނޭޖްމެންްޓް އޮތޯރިޓީއާއި ދިވެހި ފުލުހުން އަދި ދިވެހި ރެދްކޮރެސެންޓުގެ ހޮޓްލައިންތަކަށް 98 ކޯލް ލިބި އޭގެ ތެރޭގައި ވެލިބަސްތާ ޖައްސައިދިނުމަށް އެދި 70 ކޯލް ،ގެއްލުންތައް ރިޕޯޓް ކުރުމަށް 21 ކޯލް އަދި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި 7 ކޯލް ލިބިފައި ވެއެވެ.

ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލާއި އަދި ޕަބްލިކް ވޯކްސް ގެ އެހީތެރިކަމާއެކު 49 ތަނެއްގައި 304 ވެލިބަސްތާ ޖެހުނު. ގޭގޭގެ އިތުރުން ފިހާރަފަދަ ތަންތަނުގައި ވެލިބަސްތާ ޖަހަން ޖެހުނު ކަމަުގައި ވެސް ޑިޒާސްޓަރ މެނޭޖްމެންްޓް އޮތޯރިޓީ އިން ބުނެފައިވެއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ އެހިތެރިކަމާއެކު ވަގުތުން އެހީތެރިކަން ބޭނުންވި ކަމަށް ފާހަގަ ކުރެވުނު 12 ގޭބީސީއެއްގެ ރެޕިޑް އެސެސްމެންޓް ހެދި ެޢގެ ތެރެއިން 8 ގޭބީސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބީހިޔާވަހިކަމާއި ކއެިންބުއިން ވަނީ ހަމަޖއްސައިދީފައެވެ. އެ ފަރާތްތަކަށް ވަގުތ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމަށާއި ، ނިދާ ފާހާނަ ކުރެވޭނެ ގޮތެއް ނެތުމާއި ، ވަގުތީ ގޮތުން ެއތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުންނެވެ. އަދި މި އާއިލާތައް މިހާރު ވަނީ އާންމު ހާލަތައް ރުޖޫއަވެފައެވެ.

މި ހާދިސާ އާއި ގުޅިގެން އެސެސްމެންޓް ހަދަން ޖެހޭކަމަށް ފާހަަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމެންޓް، ދިވެހި ނޭޝާނަލް ޑިޒާސްޓަރ މެނޭޖްމެންްޓް އޮތޯރިޓީއާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންވަނީ ނިންމާފައެވެ. މި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނަކަމށް ފާހަގަ ކުރެވެނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް. އަދި މަދުމަދުން އިމާރާތުގެ ސީލިން ފަދަ ތަންތަނަށް ލިބިފައިވާ ގެއްލުންވެސް ފާހަގަކުރެވެއެވެ. މި ފޯމުތައް ވެރިފައިކޮށް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ޑިޒާސްޓަރ މެނޭޖްމެންްޓް އިން ވަނީ ބުނެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder