ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ: މެޓް
މިއަދު ރާއްޖެ ހިމެނޭ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
03 ޖެނުއަރީ 2025 - 04:43
ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދާތީ މޫސުމާމެދު އިތުރަށް ސަމާލުވުމަށް އެދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވަ ކަަމށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގައި އާނމުގޮތެއްގައި ގަދަވާނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 4-7 ފޫޓު، ދެކުނުގެ އަތޮޅު ތަކަށް 2-5 ފުޓު ހުންނާނެއެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދި އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެނންވާ ކަމަށް ބުނެފައެވެ. ރާއްޖެގެ އެކި ހިސާބުުތަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަަމަށްވއސް މެޓްް އިން ވަނީ ބުނެފައެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގަދަޔަށް ވާރޭ ވެހިފައިވަނީ ލ.ކައްދޫއަށް 87.0 މިލިލީޓަރ، ލ. މާވަށަށް 53.0 މިލިލީޓަރ ވާރޭ އަދި
ހުޅުމާލެއަށް 44.1 މިލިލީޓަރ ވާރޭވަނީ ވެފައެވެ.
ރާއްޖެއަށް މިހާރު މިކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި ސަރކިއުލޭޝަން، މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދިއުމުގެ ސަބަބުން ކުރަމުންދާ ވިއްސާރާއެކެވެ.