logo
MPL

MPL

ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ވަރަށް ގޯސް، ސަމާލުވާން އެދިއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
30 ނޮވެމްބަރު 2024 - 06:44
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ވަރަށް ގޯސް، ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

"މެންދުރު ޓީވީ" އަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް، ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރުން އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކުު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

އެހެން ކަމުން މުޅި ރާއްޖޭގެ ވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވާއިރު ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެތީވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | 8 ދުވަސް ކުރިންހަފުތާ ބަންދުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެޚަބަރު | މަހެއް ކުރިންމޫސުން: ކުރިއަށް އޮތް 24 ގަޑިއިރު އެކިހިސާބުތަކަށް ވިއްސާރަ ކުރާނެޚަބަރު | 2 މަސް ކުރިންމިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެޚަބަރު | 2 މަސް ކުރިން