އިންޓަރ މިއާމީގެ ކޯޗުކަމުން ޓާޓާ އިސްތިއުފާދީފި

ޓާޓާ މާތީނޯ ވަނީ މިއާމީގެ ކޯޗުކަމުން އިސްތިއުފާ ދީފައި. ފޮޓޯ: މާރކާ

20 ނޮވެމްބަރު 2024 - 05:19
އަމިއްލަ ސަބަބުތަކާހުރެ މެސީގެ އިންޓަރ މިއާމީގެ ކޯޗުކަމުން ޓާޓާ މާޓީނޯ އިސްތިއުފާދީފިއެވެ. 2023 ވަނަ އަހަރު އިންޓަރ މިއާމީގެ ކޯޗުކަމާ ހަވާލުވި މާޓީނޯ އިސްތިއުފާދiނީ އޭނާ ގެ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައެވެ.
ބާސެލޯނާގެ ކުރީގެ ކޯޗުކަމުގައިވެސް ހުރި މާޓީނޯ ވަނީ އިންޓަރ މިއާމީ އަށް އައިފަހުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިން އެޓީމަށް ގެނެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި މެސީއާއި ބުސްކެޓް ޑޭވިޑް އަލަބާގެ އިތުރުން ސުއާރެޒް ވެސް ހިމެނެއެވެ
ޓާޓާ މާޓީނޯ މިއާމީ އާއި ހަވާލުވިފަހުން އޭނާ ވަނީ މިއާމީ ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫ.އެސް އޯފަންކަޕް އެ ޓީމަށް ހޯދައިދީފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މިއާމީ އިން ނިމިދިޔަ ސީޒަންގައި އެމް.އެލް.އެސް ސަޕޯޓަރސް ޝީލްޑްވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އިންޓަރ މިއާމީ ވަނީ ޔޫ.އެސް.އޭގެ އެންމެ ޝަރަފުވެރި ތައްޓަށް ކުޅޭ އެމް.އެލް.އެސް ގެ ނޮކްއައުޓް ގެ ފުރަތަމަ ރައުންޑުން ކަޓާފައެވެ.
ޓާޓާ މަޤާމުން އިސްތިއުފާދީފައިވާއިރު އަންނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕުންވެސް މިއާމީ އަސް ވަނީ ޖާގައެއް ލިބިފައެވެ.
އިތުރު ލިޔުންތައް

މެސީގެ ޖާދުލާއިއެކު އިންޓަ މިއާމީ އިން ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށް، ކްލަބް ވޯލްޑް ކަޕަށް
6 މަސް ކުރިން
މެސީގެ ކޮންމެ ހަރަކާތެއް ލައިވްކޮށް ދައްކާލުމަށް ޓިކްޓޮކްގައި "މެސީ-ކެމް" ބޭނުންކޮށްފި.
6 މަސް ކުރިން.png&w=3840&q=75)
ފަހުވަގުތު އެޓަލާންޓައިން ޖެހި ގޯލާއެކު މޭސީގެ އިންޓަރ މިއާމީ ޕްލޭއޮފްގެ 3 ވަނަ ރައުންޑެއް ކުޅެން ޖެހިއްޖެ.
6 މަސް ކުރިން