logo
E-Platinum
ޚަބަރު

ގޮނޑި ގެއްލޭ އިސްލާޙު: މިއީ ހުރިހާ ޕާޓީތަކަށްވެސް ފައިދާ ކުރާނެ އިސްލާޙެއް

އަޙްމަދު ޒަލީފް
20 ނޮވެމްބަރު 2024 - 13:53
ގޮނޑި ގެއްލޭ އިސްލާޙު: މިއީ ހުރިހާ ޕާޓީތަކަށްވެސް ފައިދާ ކުރާނެ އިސްލާޙެއް

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގެ ސަބަބުން ހުރިހާ ޕާޓީތަކަށްވެސް ފައިދާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާޙުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތައް މަޖިލިހުން ފާސްކޮސްފައިވަނީ 78 މެމްބަރުންގެ ވޯޓާއެކުގައެވެ. މި އިސްލާހުތައް ބަލައިނުގަންނަން 13 މެމްބަރަކު ވޯޓު ދެއްވިއެވެ. ވޯޓުގައި 91 މެމްބަރުން ބައިވެފައިވެއެވެ.

ބިލު ހުށަހެޅުއްވީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ. މި ބިލަކީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ ބިލެކެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހަތަރު އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެއީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމާއި ގޮނޑި ގެއްލޭނެ އައު ދެ ހާލަތު ހިމެނުމާއި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށް ބަދަލުކުރުމާއި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ހިމެނުން ހިމެނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | މަހެއް ކުރިންރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | މަހެއް ކުރިންލަންކާ އާއިއެކު ކޮމާޝަލް ޑިއުޓީ-ފްރީ ޒޯނެއް ޤާއިމްކުރަން ޚިޔާލު ވެސް ކުރެވިފައެއްނުވޭ: ސައީދުޚަބަރު | މަހެއް ކުރިންސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު ޚަބަރު | 3 މަސް ކުރިން