logo
Bank of Maldives

Bank of Maldives

ޚަބަރު

ފައިސާ ހަމަޖެހިއްޖެ، މަސްވެރިކަމާ ބެހޭ މާސްޓާރ ޕްލޭނެއް އެކުލަވާލަނީ

އަޙްމަދު ޒަލީފް
20 ނޮވެމްބަރު 2024 - 14:47
ފައިސާ ހަމަޖެހިއްޖެ، މަސްވެރިކަމާ ބެހޭ މާސްޓާރ ޕްލޭނެއް އެކުލަވާލަނީ

މަސްވެރިކަމާ ބެހޭ މާސްޓާރ ޕްލޭނެއް އެކުލަވާލުމަށް ބޭނުންވާ ފައިސާ ވޯރލްޑް ބޭންކުގެ އެހީގައި ހަމަޖެހުމުން އެކަމާބެހޭ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތާއި ބެހޭ 25 އަހަރުގެ މާސްޓާރ ޕްލޭނެއް ހަދަން އެ ވުޒާރާއިން ނިންމާފައިވާއިރު ގައުމީ ތަރައްގީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ފައްޓަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ސިންދަފާތުކޮށް ކުރިއެރުވުމަށް ކުރާ ކަންތައްތަކަކީވެސް ދުރާލާ ރޭވި، ކުރެހިފައިވާ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިޔަށްގެންދާ ކަންތައްތަކަށް ހެދުމަށްޓަކައި އެ ވުޒާރާއިން 25 އަހަރުގެ މަސްވެރިކަމާއި ކަނޑުތަކުގެ މާސްޓާރ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާކަމަށާއި، ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރާ ކަންތައްތަކަށް ހެދުމަށްޓަކައި ގާނޫނަކުން ބާރުލިބޭ ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް އެކުލަވާލެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނގެއްޗާއި ދިގުރަށް ކައިރީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް، އެމްޕީގެ ޝުކުރުޚަބަރު | 14 ދުވަސް ކުރިންޔޫތު އިންޓަރންޝިޕް ޕްރޮގްރާމްގެ ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 15 ދުވަސް ކުރިންލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | މަހެއް ކުރިންއެކުއަކަލްޗާއަށް ފަޅު ރަށް ކުއްޔަށް ދޫކުރަން ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން