logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ދަނގެއްޗާއި ދިގުރަށް ކައިރީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް، އެމްޕީގެ ޝުކުރު

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ނޮވެމްބަރު 2025 - 07:38
ދަނގެއްޗާއި ދިގުރަށް ކައިރީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް، އެމްޕީގެ ޝުކުރު

 

އދ. ވިލިނގިލިވަރު އިރު ދެކުނުން 6 މޭލު ބޭރުގައި، ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ވަދު ކަނދުފައްޗެއް ގާއިމްކޮށްފިއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމާއި، ޒުވާން މަސްވެރިންނަށާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމެވެ. މި މަސައްކަތަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން، ދަނގެތީގެ ދާއިރާގެ މެމްބަރު ޢަބުދުﷲ ރަޝީދު (އަވަސް އަބުޅޯ) ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. 

"އަޅުގަނޑު ދާއިރާގައި ހިމެނޭ ރަށްތަކަށް، ވަކިން ހާއްސަކޮށް އދ. ދަނގެތި އަދި އދ. ދިގުރަށުގެ ޒުވާނުންނަށްޓަކައި، އެ ޒުވާނުން ބޭނުންވާ ސަރަހައްދުގައި ސްޕޯޓްސް ފިޝިން ކަނދުފައްޗެއް މިއަދު ގާއިމުކުރުމާ ގުޅިގެން ރައީސް މުޢިއްޒުއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

މެމްބަރު ޢަބުދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، މި ކަނދުފަތި އެޅުމުން ޖުމްލަކޮށް ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އުފާވެރިކަން ލިބޭނެ ކަމަށާއި، މިއީ ޒުވާނުންނަށް ލިބޭނެ ކުރިއެރުމެއް އަދި ފައިދާއެއް ކަމަށެވެ.

މި ކަނދުފަތި ގާއިމްކޮށްފައިވަނީ އދ. ވިލިނގިލިވަރު ބޭރުން 6 މޭލު ދުރުމިނުގައެވެ.

ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު ދެންނެވުމުގެ އިތުރުން، މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްގެ މަސައްކަތް ފާހަގަކުރައްވައި، އެމަނިކުފާނަށް ވެސް ޝުކުރު ދަންނަވާފައިވެއެވެ.

 "ޝުކުރިއްޔާ ދިވެހިންގެ ލޮބުވެތި ރައީސް. ޝުކުރިއްޔާ މިނިސްޓަރ ޝިޔާމް،" ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ކަނދުފަތި ޤާއިމްކުރުމަކީ، ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް ވެސް ފަށާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލި އަލިފާނުގެ ހާދިސާ: ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމްޚަބަރު | 2 ދުވަސް ކުރިންތެލުގެ އަގު އުފުލުމާ ގުޅިގެން، މަސްވެރި ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 5 ދުވަސް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 މަސް ކުރިންދަނގެއްޗާއި ދިގުރަށް ކައިރީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް، އެމްޕީގެ ޝުކުރުޚަބަރު | 5 މަސް ކުރިން