logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ޔޫތު އިންޓަރންޝިޕް ޕްރޮގްރާމްގެ ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2025 - 09:22
ޔޫތު އިންޓަރންޝިޕް ޕްރޮގްރާމްގެ ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފި

 

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް" އަށް ހޮވުނު ޒުވާން މަސްވެރިންނާ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި، މިނިސް ޝިޔާމް ވަނީ ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވަނީ، މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި މަސްވެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިނިސްޓަރ ވަނީ، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހިއްވަރުދެއްވާފައެވެ. އެގޮތުން، ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންގެ ފަރާތުން ހީވާގިކަމާއެކު އުނގެނި، ސުވާލުކޮށް، އަމަލީ ތަޖުރިބާ ހޯދުމަށް ވަޒީރު އިރުޝާދު ދެއްވިއެވެ. އަދި، މި ޕްރޮގްރާމްގެ ހުރިހާ މަރުޙަލާއެއްގައިވެސް، އެންމެ މަތީ ފަންތީގައި އަޚްލާޤާއި، އިޚްލާޞްތެރިކަމާއި، މަސައްކަތުގެ ސުލޫކު ދެމެހެއްޓުމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

މި އިންޓަރންޝިޕް ފެށުމުގެ ކުރިން ބައިވެރިން ވަނީ ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި "ޖެނެރަލް ނެވިގޭޝަން ކޯސް" ފުރިހަމަކޮށްފައެވެ.

މި ޔޫތު އިންޓަރންޝިޕް ކުރިއަށްދާނީ ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ ދޯނިފަހަރުގައެވެ. މިގޮތުން، ހޮވުނު ޒުވާނުންނަށް ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލި އަލިފާނުގެ ހާދިސާ: ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމްޚަބަރު | 2 ދުވަސް ކުރިންތެލުގެ އަގު އުފުލުމާ ގުޅިގެން، މަސްވެރި ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 5 ދުވަސް ކުރިންކަނޑުމަހުގެ މަސްވެރިކަމަށް "ސީފުޑް ވޮޗް" ގެ ރޭޓިންގ އެއް ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 6 ދުވަސް ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | 9 ދުވަސް ކުރިން