logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫކޭ އިން ޓެރިފް ކަނާލުމަކީ މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ޝިޔާމް

ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫކޭ އިން ޓެރިފް ކަނާލުމަކީ މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ޝިޔާމް

ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތުގައި ނަގަމުންދިޔަ ޓެރިފްތައް އުވާލުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރަށް ދިވެހި މަސްވެރިކަން ހުޅުވިގެންދިޔަ ތާރީޚީ އަދި ބޮޑު ކާމިޔާބީއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މިއީ ދިވެހި މަސްވެރި އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ އެކި ފަރާތްތަކާއި މަސް ބަންދުކޮށްގެން ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގައި ކުރަނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މަސްވެރިކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ދުނިޔޭގެ އެންމެ މުހިންމު އެއް މާކެޓުން ރާއްޖެއަށް ފުރުސަތު ލިބުމަކީ ދާއިރާގެ މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހި މަސްވެރިކަމުގެ ފުރުސަތުތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އިސްކަމަށާއި ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މާޒީއަށް ބަލާއިރު، 2014 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް (އީޔޫ) މަސް އެކްސްޕޯޓް ކުރަމުންދިޔައީ އެއްވެސް ޓެރިފަކާ ނުލަ އެވެ. ނަމަވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ގިންތިއަށް ބަދަލުވުމާއެކު، އީޔޫއިން ދީފައި އޮތް ޓެރިފްގެ ލުއިތައް އުވައިލި އެވެ. އޭގެ ފަހުން ދިން އިންތިގާލީ މަރުހަލާ 2014 ގައި ހަމަވުމާއެކު ދިވެހި މަހުގެ އުފެއްދުންތަކުން 24 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގަން ފެށި އެވެ.

އޭރު އީޔޫގެ މެންބަރެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތާއެކު ޓެރިފް ކުޑަކުރުމަށް އޭގެ ފަހުން އައި ސަރުކާރުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލެއް ނުވެވުނެވެ. އެ މަޝްވަރާތައް ހިނގަމުން ދަނިކޮށް އިނގިރޭސިވިލާތް އީޔޫއިން ވަކިވި އިރު، 2018 ގައި ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން އިނގިރޭސިވިލާތާއި އީޔޫއާއެކު ލުއިތަކެއް ހޯދުމަށް ވީ ވައުދު، 2023 ގައި އެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް އޮތީ ހަގީގަތަކަށް ނުވެފަ އެވެ.

މިގޮތުން ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައި އޮތް މި ބޮޑު މައްސަލައަށް ނިމުމެއް ގެނެސް، ދިވެހި މަސްވެރިންނަށް ބޮޑު އާމްދަނީއެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރެއްވި އެއް މަސައްކަތްޕުޅެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫކޭ އިން ޓެރިފް ކަނާލުމަކީ މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ޝިޔާމްޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމުން ދިވެހި މަހުގެ ބާވަތްތަކަށް އިތުރު ފުރުސަތު ފަހިވާނެޚަބަރު | ގަޑިއިރެއް ކުރިންއައިސް އަދި ތެލަށް ކުރާ ހަރަދު ކުޑަވާނަމަ މަސްވެރިޔާގެ ޖީބަށް އިތުރުވާނެ: ވަޒީރު ޝިޔާމްޚަބަރު | 8 ގަޑިއިރު ކުރިންމަސްވެރިންނަށް ލުއި އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިޚަބަރު | ދުވަހެއް ކުރިން