logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖުލައި 2026 - 02:32
މިނިވަން ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަހުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. ރަސްމިއްޔާތު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމް ހުށަހަޅައިދިނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑްޕާޓީންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިއަދު ހެނދުނު 9:00 ގައި މާލޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. އޭގެ ކުރިން 1887 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައެވެ. އެ މުއްދަތުގައި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހިންގި ނަމަވެސް، ޚާރިޖީ ކަންކަން ނިންމުމުގެ ބާރު އޮތީ އިނގިރޭސި ދައުލަތަށެވެ.

ނަމަވެސް، 1965 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރެވުނު ތާރީޚީ އެގްރީމެންޓާއެކު، ރާއްޖެއަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މިނިވަން ދައުލަތަކަށް ވެގެންދިޔައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"ޚަބަރު | 2 ގަޑިއިރު ކުރިންއެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީޚަބަރު | 8 ގަޑިއިރު ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 12 ގަޑިއިރު ކުރިން