logo
MPL

MPL

ޚަބަރު

އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖުލައި 2026 - 19:10
އެމްޕީއެލް ސަރަހައްދުން ސުނާމީ ބިނާ އާއި ހަމައަށް މަގު ހެދުމުގެ މަޝްރޫޢުގެ ރައީސް އާންމުކުރެއްވި ކުރެހުމެއް
އެމްޕީއެލް ސަރަހައްދުން ސުނާމީ ބިނާ އާއި ހަމައަށް މަގު ހެދުމުގެ މަޝްރޫޢުގެ ރައީސް އާންމުކުރެއްވި ކުރެހުމެއް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނުގައި ހިމެނޭ ބައެއް ކުރެހުންތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ރިންގް ރޯޑުގެ ބާކީ އޮތް ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

"މި މަސައްކަތްތަކާއި ރިންގް ރޯޑުގެ ބާކީ އޮތް ބައި (އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް) 2026 ނޮވެމްބަރު މަހުގެ ނިޔަލަށް، އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު ހުކުރު ދުވަހު ހަވީރު 4:00 ގައި ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެމްޓީސީސީއާ 9 އޭޕްރިލް 2025 ގައި ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ވަނީ 4 ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.

 

View post on Twitter

 

މި މަސައްކަތުގެ ދަށުން 1.145 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ބޭންކް އޮފް ސިލޯން ކުރިމަތިން 500 ސައިކަލުގެ ޖާގައިގެ ޚާއްސަ ޕާކިންގ އޭރިއާއެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.

މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެންނެވެ. އަދި އަލަށް ހުޅުވާލި ސަރަހައްދު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ޖާގައެއް ނުދޭނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރިޒާވް ރެކޯޑް އަދަދަކަށް އިތުރުކުރެވި، ދަރަނީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރެވިއްޖެ: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީޚަބަރު | ދުވަހެއް ކުރިންރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސްޚަބަރު | ދުވަހެއް ކުރިން