logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖުލައި 2026 - 01:59
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"

ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް މިއަދު ދެއްވި މެސެޖެއްގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. ރައީސްގެ މެސެޖުގައި ބާރުއަޅުއްވާފައިވަނީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ހިންމަތާއި މިންނަތުން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން،" ރައީސް ވިދާޅުވިއެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންގެ ބޯމަތީގައި އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނައިން ޤުރުބާންވެގެން ހޯދައިދިން މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޤައުމީ ލޯބި އިސްކުރުމަށާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަކަމަށް ފަޚުރުވެރިވުމާއި މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

 

View post on Twitter

 

ރާއްޖޭގެ މިނިވަން ދުވަހުގެ އިޙްތިފާލުތައް މިއަދު ހެނދުނު 6:00 ގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުން ވަނީ ފެށިފައެވެ. ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ގައި މާލޭ ޒުވާނުންގެ މަރުކަޒުގައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. އޭގެ ކުރިން 1887 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައެވެ. އެ މުއްދަތުގައި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހިންގި ނަމަވެސް، ޚާރިޖީ ކަންކަން ނިންމުމުގެ ބާރު އޮތީ އިނގިރޭސި ދައުލަތަށެވެ. ނަމަވެސް، 1965 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރެވުނު ތާރީޚީ އެގްރީމެންޓާއެކު، ރާއްޖެއަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މިނިވަން ދައުލަތަކަށް ވެގެންދިޔައެވެ.

މިއަދުގެ މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | 38 މިނިޓު ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"ޚަބަރު | ގަޑިއިރެއް ކުރިންއެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީޚަބަރު | 8 ގަޑިއިރު ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 12 ގަޑިއިރު ކުރިން