ޕީއެންސީ މެމްބަރުން މަސައްކަތް ކުރަމުން ދަނީ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށް: ފަލާހް


20 ނޮވެމްބަރު 2024 - 18:25
ޤާނޫނުއަސާސީ އަށް އިސްލާޙް ގެންނަން ޕީއެންސީންގެ މެމްބަރުން ކުރާ މަސައްކަތަކީ، މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް އިއްޔެ ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮވެ، ނިމިގެންދިޔަ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން އޮތީ އެންޓ-ިޑިފެކްޝަން ގާނޫނެއް ފާސްކޮށްފައި ކަމަށެވެ.
''އެ އޮތީ ދެފެން ދޭތެރޭގައި ކަމަށްވާތީ އަޅުގަނޑުމެން މި އުޅެނީ އެ ރަނގަޅަށް ހަމަޖައްސަންވެގެން، ހަމަނުޖެހޭ އުސޫލުތަކެއް އޮތީ، އެ ހިފައިގެން ކޯޓަށާއި މި މަޖިލީހާ ދޭތެރޭގައި މެންބަރުން މިހެން ތަޅުވަތަޅުވާ ހިނގަހިނގާ ތިބޭކަށް ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ މި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ޚާއްޞަކޮށް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މި ޕާލިމަންޓްރީ ގުރޫޕަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާންވެގެން މި އުޅެނ.ީ.'' ފަލާހް ވިދާޅުވިއެވެ.
''އަޅުގަނޑުމެން ބޭނުމެއްނުވޭ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތް ރުފިޔާކޮޅަކަށް ގޮނޑި ވިއްކައިލާކަށެއް، އެހެންވީމަ މި އިޞްލާޙަށް ފުރިހަމައަށް ތާއީދުކުރަމުން'' ފަލާހް ވިދާޅުވެފަވެއެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
7 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
7 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
7 މަސް ކުރިން