logo
E-Platinum
ކުޅިވަރު

ނޭޝަނަލް ހޭންޑްބޯލް ޗެންޕިއަންޝިޕް ޖީބީ ސްޕޯރޓްސް އާއި ރެޑް ހޯކްސް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
21 ނޮވެމްބަރު 2024 - 08:03
މުބާރާތުގެ ފިރިހެން ޑިވިޝަން ޗެންޕިއަން ޖީ.ބީ ސްޕޯރޓްސް. ފޮޓޯ: ޖީބީ ސްޕޯރޓްސް
މުބާރާތުގެ ފިރިހެން ޑިވިޝަން ޗެންޕިއަން ޖީ.ބީ ސްޕޯރޓްސް. ފޮޓޯ: ޖީބީ ސްޕޯރޓްސް

ގައުމީ ހޭންޑް ބޯލް ޗެންޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޗެންޕިއަންކަން ޖީބީ ސްޕޯރޓްސް އަދި އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ރެޑް ހޯކްސް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޖީ.ބީ ސްޕޯރޓްސް ބައްދަލުކުރީ ފިއުޗާ އެސް.ސީ އާ ދެކޮޅަށެވެ. އަދި އަންހެން ފައިނަލުގައި ރެޑްހޯކްސް ނިކުތީ އޮރިކްސް އާ ދެކޮޅަށެވެ.

ފޯރިގަދަ ކުޅުމެއްފެނުނު ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޖީ.ބީ ސްޕޯރޓްސް އިން ކާމިޔާބުކުރީ 35-34 އިންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް މި ދެޓީމު ބައްދަލުކޮށްފައިވެއެވެ. އެ މެޗު 35-32 އިން ކާމިޔާބުކުރީ ފިޔުޗަރ އެސް.ސީ އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ރެޑް ހޯކްސް އިން ކާމިޔާބުކުރީ 30-24 އިންނެވެ. މި ނަތީޖާއާއެކު މި މުބާރާތުގެ ތަށި ނިމިދިޔަ ދެ އަހަރު ކާމިޔާބު ކޮށްފައިވާ އޮރިކްސް އަށް ތަށި މިލްކު ކުރަން ލިބިފައިވާ ފުރުސަތު ވަނީ ގެއްލިފައެވެ.  

މި ފަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި ޖުމްލަ 3 ޓީމު އަދި ފިރިހެން ޑިވިޝަންގައިވެސް 3 ޓީމު ވާދަކޮށްފައިވެއެވެ. ނޭޝަނަލް ހޭންޑްބޯލް އެސޯސިއޭސަނުން އިންތިޒާމްކުރި މި މުބާރާތުގެ ދެ ޑިވިޝަންވެސް ކުރިޔަށް ގެންގޮސްފައިވަނީ ނޭޝަނަލް ހޭންޑްބޯލް ކޯޓުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 11 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 14 ދުވަސް ކުރިންއިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން އެމްޕީއެލްއަށް، އަންހެން ވެމްކޯއަށްކުޅިވަރު | މަހެއް ކުރިންތޮއްޑޫގައި ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 31 ޓީމް ވާދަކުރަނީކުޅިވަރު | މަހެއް ކުރިން