logo
Bank of Maldives

Bank of Maldives

ޚަބަރު

ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރަން ޚާއްޞަ ސެންޓަރުތަކެއް ޤާއިމް ކުރަނީ

އާމިނަތު ޝަފާ
21 ނޮވެމްބަރު 2024 - 10:57
ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރަން ޚާއްޞަ ސެންޓަރުތަކެއް ޤާއިމް ކުރަނީ

ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރަން ޚާއްޞަ ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޑރ. އިސްމާއިލް ވިދާޅުވީ، އެޑިއުކޭޝަން ސެންޓާ ފޯ އެކްސެލެންސްގެ ނަމުގައި ސެންޓަރުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ދޭ ވިދާޅުވީ، އެ ސެންޓަރު ތަކުގެ ސަބަބުން ޓީޗަރުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރަން ޖެހޭ މަސައްކަތްތަކުގެ އިތުރުން ސްކޫލު އިވެލުއޭޝަނަށް ކުރަން ޖެހޭ މަސައްކަތް އެ ސެންޓަރު ތަކުގެ ސަބަބުން މިއަށް ވުރެ ހަރުދަނާވެގެން ދާނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި މިހާރު ކުރެވެމުންދާ މުހިންމު ކަންތައްތަކަށް އަލިއަޅުވައިލައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު ބޭނުން ކުރާ މީމިސްގެ ބަދަލުގައި ދަރިވަރުންގެ ތައުލީމީ ރެކޯޑު ބަލަހައްޓާނެ އާ ސިސްޓަމެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދަރިވަރުންގެ ރިކޯޑްސްތަކާއި ކަންކަން ނިމުމުގައި ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން މި ސިސްޓަމްގެ ތެރެއިން ލިބޭނެކަމުގެ ޔަޤީންކަން އެޑިޔުކޭޝަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އަމާޒަކީ އަހަރަކު 150 ޓީޗަރުން މަދުވެގެން ތަމްރީނު ކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ: ފަސްޓްލޭޑީޚަބަރު | މަހެއް ކުރިންއުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސްޚަބަރު | މަހެއް ކުރިންޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފިޚަބަރު | 4 މަސް ކުރިންޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރަން ޚާއްޞަ ސެންޓަރުތަކެއް ޤާއިމް ކުރަނީޚަބަރު | އަހަރެއް ކުރިން