logo
Bank of Maldives

Bank of Maldives

ޚަބަރު

ޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފި

ޝަހްޒާ މުހައްމަދު
5 ޖުލައި 2025 - 12:57
ޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފި

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު، މާލޭގެ ތިން ސްކޫލެއްގެ މުދައްރިސުންނާ ބައްދަލުކުރައްވައި، މުދައްރިސުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން-މާލޭގެ މުދައްރިސުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ބެހޭ މައުލޫމާތު މުދައްރިސުންނާ ހިއްސާކޮށްފައިވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މުދައްރިސުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެ ކަންކަން ޕޮލިސީ ފެންވަރުގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި ބައްދަލުވުމުގައި މުދައްރިސުންގެ ފަރާތުން ވަރަށް މުހިންމު ޚިޔާލުތަކާއި ހުށަހެޅުންތައް ލިބިފައިވެއެވެ. އަދި މި ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ތަނުގައި މުދައްރިސުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލުގައި އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ ޚަބަރު | 9 ގަޑިއިރު ކުރިންއެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 6 ދުވަސް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 2 މަސް ކުރިންމަޖީދިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށަނީޚަބަރު | 5 މަސް ކުރިން