logo
Bank of Maldives

Bank of Maldives

ޚަބަރު

އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު

މަރިޔަމް މާޙީ
13 ޖޫން 2026 - 10:27
އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު

މާލީ ކޮރަޕްޝަންގެ ކޮންމެ އަމަލެއްގެ ފަހަތުގައި އިދާރީ ނިޒާމުގެ ތެރެއިން ހިންގާ ކޮރަޕްޝަނެއް އޮންނާނެ ކަމަށް ތައުލީމާއި، މަތީ ތައުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަަދައިން ވިދާޅުވީ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކައިގައި ރާއްޖޭގެ ސިވިލް ސާވިސްގެ މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މިހާރު ރާއްޖޭގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި 32,500 މުވައްޒަފުން ތިބިއިރު، ކޮންޓްރެކްޓް މުވައްޒަފުންނާއެކު މި އަދަދު 35,000 އަށް އަރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު، ބިދޭސީން ވެސް ހިމެނޭ ގޮތަށް ކޮންމެ 15 މީހަކަށް ސިވިލް ސާވަންޓެކެވެ.

މުވައްޒަފުންގެ ކުރިއެރުމާއި އިނާޔަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ މުސާރައެއް ކަށަވަރުކޮށްދިނުން ކަމަށެވެ. މިގޮތުން، މިއަހަރުގެ މިހާތަނަށް ޕަބްލިކް ސާވިސްގެ މުސާރައަށް 15 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 62 އިންސައްތައަކީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ކުރެވުނު ހަރަދެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ޑރ. އިސްމާއިލް ޝަފީއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ކޮންމެ މުވައްޒަފެއްގެ ކިބައިން ރައްޔިތުން އެދެނީ ހަލުވި އަދި ފެންވަރު ރަނގަޅު ހިދުމަތެކެވެ. ސިވިލް ސާވިސްގެ މަސައްކަތްތައް ބައްޓަންވާން ޖެހޭނީ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ގޮތަށް ކަމަށާއި، ހިދުމަތުގެ ސްޕީޑު އަވަސްކުރުމަށްޓަކައި މުވައްޒަފުން ފަރުވާތެރިކަމާއެކު ބަރާބަރަށް ވަޒީފާއަށް ނުކުތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކޮރަޕްޝަން ނައްތާލަންޖެހޭ. މިއީ ޑިމޮކްރަސީގެ ވަރަށް ބޮޑު ސިފައެއް އަދި އަސާސެއް،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް ފާހަގަކުރައްވައި، ޕްރޮފެޝަނަލް މިންގަނޑެއްގައި ހިދުމަތް ދިނުމަށް ބޭނުންވާ އެއްބާރުލުން ސިވިލް ސާވިސް ކޮމިޝަނަށް ދިނުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 2 ގަޑިއިރު ކުރިންމަޖީދިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށަނީޚަބަރު | 4 މަސް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | 5 މަސް ކުރިންއޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރަން ކެމްޕެއިނެއް ފަށަނީޚަބަރު | 8 މަސް ކުރިން