މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 48 އިންސައްތަ އިތުރުވެއްޖެ
13 ޖުލައި 2026 - 06:03

މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 48 އިންސައްތައް އިތުރު ކުރެއްވިއްޖެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ އެންމެ ފަހު ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިރު މި އަދަދު ހުރީ ތިންބައިކުޅަ އެއްބައިގައި ކަމަށެވެ. އަދި މި އަދުދު 48 އިންސައްތަ އަށް އިތުރުވީ ސިޔާސަތުތަކަށް ގެނައި ބަދަލު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. އަދި ކުރިޔަށް އޮތްތާ ވޯކޭޝަނަލް ޓްރެއިންގެ ތެރެއިންދޭ ފުރުސަތުތަކާ އެކު، 2028 ވަނަ އަހަރު މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 65 އިންސައްތަ އަށް އިތުރު ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation
މިހާރު ދަރިވަރުން މަތީ ތައުލީމު ހާސިލްކުރާ ދާއިރާތަކަށް ބަލާއިރު 51 އިންސައްތަ ދަރިވަރުން މަތީތައުލީމު ހާސިލުކުރަމުން ދަނީ ވިޔަފާރީގެ ދާއިރާ ގާނޫނާއި ހިންގުންތެރިކަމުގެ ދާއިރާންނެވެ. ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރާ ކުދިންގެ އަދަދު ހުރީ 14 އިންސައްތައިގަ އެވެ.
ސައިސާ ޓެކްނޮލަޖީއާއި އިންޖިނިއަރިންގް އަދި މެތެމެޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރާ ކުދިންގެ ނިސްބަތް ހުރީ 11 އިންސައްތައިގަ އެވެ. މިނިސްޓަރު ވިދާޅުވީ މިދާއިރާތަކުން ކުދިން މަތީ ތައުލީމު ހާސިލުކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޯލެވެލް ހާދާއިރު ހިސާބު މައްދާ ދޫކޮށްލެވޭ ގޮތަށް އޮތުން ނިމުމަކަށް ގެނެސް މަޖުބޫރު މާއްދާ އަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް މިނިސްތަރު ފާހަގަ ކުރެއްވެވި އެވެ.
މިނިސްޓަރު ވިދާޅުވީ 39،400 ވުރެ ގިނަ ހަރަކާތްތައް ބިންގާ ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބިންގާ ޕްރޮގްރާމް 218 ސްކޫލްގެ ތެރޭގައި ވަރަށް ކާމިޔާބުކަމާ އެކު ކުރިޔަށްދާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. އަދި ދިވެހި ހުރިހާ ކުދިންނަކީ ރިވެތި އަހުލާގެ ބަޔަކަށްވެ ހުނަރާ އިލްމުން މުއްސަނދި ދަރިވަރުންތަކަށްވުމަކީ ދިރިއުޅެން ތައްޔާރުވެފައިވާ ކުއްޖެއްގެ ގޮތުގައި ތަރުބީއްޔަތުވާނެ ކަމެއް ކަމަށް މިނިސްތަރު ވިދާޅުވި އެވެ.


