ސްކޫލުގައި އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ
19 ޖޫން 2026 - 12:24

އަންނަ ދިރާސީ އައު އަހަރުން ފެށިގެން ސްކޫލްތަކުގައި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ތައުލީމާއި، މަތީ ތައުލީމާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މި ބަދަލު ގެންނަން ހަމަޖެހިފައިވަނީ ކީސްޓޭޖް އެކެއްގެ ދަރިވަރުންނަށެވެ.

Ad by Hajj Corporation
މިނިސްޓަރު މިކަން ހާމަކުރެއްވީ އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
ޖަލްސާގައި ވާހަކަދައްކަމުން އެމަނިކުފާނު ވިދާޅުވީ، 2015 ވަނަ އަހަރު އައު މަންހަޖަށް ކިޔަވައިދޭން ފެށިފަހުން މިއަދާ ހަމައަށް އައިއިރު އެކަށީގެންވާ ބަދަލުތަކެއް މަންހަޖަށް ގެނެވިފައިނުވާ ކަމަށެވެ.
އަދި ކަރިކިއުލަމުގެ ކޮންޓެންޓް ތަރުތީބުވެފައިވާ ގޮތް އަލުން ބަލައި، މުރާޖައާކޮށް، ކޮންޓެންޓް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައު މަންހަޖުގެ ދަށުން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މި އަހަރު ގްރޭޑް 10 ނިންމާފައިވާއިރު، އެ ދަރިވަރުންނަށް ލިބުނު ނަތީޖާތަކަށް ބަލައި، މިހާރުގެ މުގައްރަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


