logo
Bank of Maldives

Bank of Maldives

ޚަބަރު

އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 07:03
އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް

އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. މި ޕޯސްޓުގައި، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ތައުލީމީ ދާއިރާއަށް މުދައްރިސުން ގެންނަ އިންގިލާބުގެ އިތުރުން، އެ މީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު ފިކުރުކުރުމުގެ ގޮތުންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ އެދުރުންގެ ގޮތުގައި 10،886 ޓީޗަރުން މަސައްކަތްކުރެއެވެ. އެއީ 8,147 އަންހެން ޓީޗަރުންނާއި 2,739 ފިރިހެން ޓީޗަރުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯމް މިނިސްޓަރަށް ތާއީދު ކުރެއްވުމުން ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ: ޝުޖާއުޚަބަރު | 5 ގަޑިއިރު ކުރިންރައީސްގެ ލަންކާ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން 7 އެމްއޯޔޫއެއްގައި ސޮއިކުރައްވާނެޚަބަރު | 7 ގަޑިއިރު ކުރިންއެއް އެޑިޓަރަކަށް ހަތަރު ނޫހުގައި ހުރެވޭނެ ގޮތަށް ހަމަޖެއްސީ ރާއްޖޭގެ ހާލަތަށް ބަލައިފައި: އަޝްރަފްޚަބަރު | 7 ގަޑިއިރު ކުރިންރައީސް އާދިއްތަ ދުވަހު ލަންކާއަށް ފުރާވަޑައިގަންނަވަނީޚަބަރު | 12 ގަޑިއިރު ކުރިން