އަރުތަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ދުވާފަރަށް
އަރުތަ ޗެންޕިއަންޓީމް ދުވާފަރު. ފޮޓޯ: ދުވާފަރު ސްޕޯރޓްސް ކްލަބް
21 ނޮވެމްބަރު 2024 - 14:04
ރ އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ރަށްކަށް ހުޅުވާލައިގެން ބޭއްވި އަރުތަ ފުޓްސަލް 2024 މުބާރާތުގެ ޗެންޕިއަންކަން ދުވާފަރު ހޯދައިފިއެވެ. ފައިނަލް މެޗުގައި ދުވާފާރު އިނގުރައިދޫ އާއި ވާދަކޮށް 11-1 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ދުވާފަރު ޓީމުގެ މުޙައްމަދު އިޝާމް އެވެ. މުބާރާތުގެ އެންމެ މޮލޫ ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އޭނާއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އޭނާއެވެ. އެނާ ވަނީ މި މުބާރާތުގައި 16 ގޯލު ޖަހާފައެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ދުވާފާރުގެ ހަތަރު ކުޅުންތެރިން ހިމެނުނެވެ. އެއީ ނަދީމް އާދަމް އާއި މުޙައްމަދު އިޝާމް އާއި އަޙްމަދު ޢީޝާ ގެ އިތުރުން މުސްލިމް މުޙައްމަދުގެ އެވެ. މީގެ އިތުރުން ޑްރީމް ޓީމުގައި ހިމެނެނީ އިނގުރައިދޫގެ އަޙްމަދު އައިހަމް އާއި ދުވާފަރު ޓީމުގެ އަހްމަދު އީސާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ދުވާފާރު ސްފޯރޓްސް ގެ ކޯޗެވެ.
މި މަހުގެ 9 އިން 21 އަށް އިންނަމާދޫގައި ކުރިޔަށް ގެންދިޔަ މި މުބާރާޓުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ ކިނޮޅަސް އާއި އިންނަމާދޫ އާއި މަޑުއްވަރީ އާއި ދުވާފަރާއި ހުޅުދުއްފާރާއި ފައިނާއި ރަސްމާދޫއާއި އުނގޫފާރުގެ އިތުރުން އިނގުރައިދޫއެވެ.