ޚަބަރު
އަޙްމަދު ޒަލީފް



އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްްރާމްގައި ބައިވެރިވާން ހުޅުވާލައިފި


21 ނޮވެމްބަރު 2024 - 14:39
އަންހެނުންނަށް ހާއްސަކޮށްގެން އެމްޕީއެލްއިން ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހަތް ދާއިރާއަކުން 18 ކަނބަލަކަށް ފުރުސަތުދޭނެއެވެ.
އެޕްރެންޓިސް ޕްރޮގްރާމްގެ ދާއިރާތަކާއި ޖާގަ ދީފައިވާ އަދަދު:
- ވެލްޑިން – 4 ޖާގަ
- ކާޕެންޓާ – 2 ޖާގަ
- މެޝިނިސްޓް – 2 ޖާގަ
- މެރިން މެކޭނިކް (މެރިން އިންޖިނިއަރިން) – 2 ޖާގަ
- އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިން) – 3 ޖާގަ
- މެކޭނިކް (ވެހިކަލް ރިޕެއާ) – 2 ޖާގަ
- އެއަރ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން – 3 ޖާގަ
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ލިބޭނ ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވިދާޅުވީ މިއީ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ހިދުމަތްދޭ އިމާރާތް ހުޅުވާ، އަންނަ ބުރާސްފަތި ދުވަހު ހިދުމަތްދޭން ފަށަނީ: އެމްޕީއެލް
7 މަސް ކުރިން
އެއް ދުވަސްތެރޭ 934 ކޮންޓެއިނަރު ކްލިއާކޮށް އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފި
7 މަސް ކުރިން
އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ
7 މަސް ކުރިން