ރަހީނުން ދޫކުރާނީ ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން - ހަމާސް


21 ނޮވެމްބަރު 2024 - 15:23
ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން ނޫނީ ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ނުދާނެކަމަށް ޣައްޒާގެ މިނިވަންކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާއަތުން ބުނެފިއެވެ.އޭނާ ވަނީ ޔަހޫދީންގެ ދުވާނީ އަމަލުތައް ނުހުއްޓާނަމަ، އެކަމާ ދެކޮޅަށް ހަމާސުން ކުރަމުންދާ މަސައްކަތްތައްވެސް ނުހުއްޓާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެހަމަލާތައް ނުހުއްޓާނަމަ، ރަހީނުކޮށްފައިވާ މީހުން ހަމާސުން މިނިވަންކުރާނީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ހައްޔާ ވަނީ ހަނގުރާމައެއް ކުރިއަށް ދާއިރު، ލިބިފައިވާ ވަރުގަދަ ކާޑެއް، އެނގިހުރި ގެއްލުވާލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެފަދަ ކަމެއް ކުރާނީ މޮޔަ މީހަކު ކަމަށްވެސް ވިދާޅުވެފައެވެ. ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ކުރަމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ އިރު، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް އެމެރިކާއިން ވަނީ އަނެއްކާވެސް ވީޓޯ ކޮށްފައެވެ.
އެމެރިކާއިން އެ ގަރާރު ވީޓޯ ކޮށްފައި ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާއި ހުށަހަޅާ ގަރާރުތަކުގެ ތެރެއިން އެގައުމުން ތާއިދު ކުރާނީ ހުރިހާ ރަހީނުން މިނިވަން ކުރުމަށް ގޮވާލާ އެކަން ހިމަނާފައިވާ ގަރާރަކަށް ކަމަށް ބުނެއެވެ.
ބުދަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޙަމާސްގެ ލީޑަރުކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޚަލިލް އަލް-ޙައްޔާ ވަނީ އެޖަމާއަތުން ރަހީނުކޮށްފައިވާ ޔަހޫދީ ރައްޔިތުންނާއި ޔަހޫދީ ދައުލަތުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމަށް، ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދާނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޔަހޫދީން އެއްބަސްވުމުން ކަމަށް ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

ހަމާސް އަކީ މީހެއް ނޫން ހަމާސް އަކީ ފިކުރެއް: ޔަޙްޔާ ސިންވާރު
6 މަސް ކުރިން
ހަމާސްގެ ލީޑަރަކަށްވުން ދެން އެންމެގާތީ ޚަލީލް އަލް-ހަޔާ
6 މަސް ކުރިން
ހަނިއްޔާ ޝާހީދު ކޮށްލިކަމަށް އިސްރާއީލުން އެއްބަސްވެއްޖެ
4 މަސް ކުރިން