logo
E-Platinum
ދުނިޔެ

ހަނގުރާމަ ފަށާފާނެކަމުގެ ބިރުއޮތުމުން ހަމާސްއިން އަސީރުން މިިނިވަން ކުރުން މެދުކަނޑާލައިފި

އާމިނަތު ޝަފާ
11 ފެބްރުއަރީ 2025 - 07:50
ހަނގުރާމަ ފަށާފާނެކަމުގެ ބިރުއޮތުމުން ހަމާސްއިން އަސީރުން މިިނިވަން ކުރުން މެދުކަނޑާލައިފި

އެއްބަސްވުމާ ޔަހޫދީން ހިލާފުވެ ޣައްޒާގައިއަލުން ހަނގުރާމަ ފެށުމުގެ ބިރު އޮތުމުން ރަހީނު ކޮށްފައިވާ ޔަހޫދީން މިނިވަން ކުރުން ލަސްކޮށްފައިވާ ކަމަށް ހަމާސްއިން ބުނެފިއެވެ.


އަސީރުން މިނިވަން ކުރުން ލަސްކުރިކަން ޙަމާސުން ހާމަކޮށްފައި މި ވަނީ، ޖަނަވަރީ 15ވަނަ ދުވަހު އިތުރު އަސީރުންތަކެއް މިނިވަން ކުރުމަށް ޙަމާސުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. 


ޔަހޫދީން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފަށް އަމަލުކުރާތީ ޔަހޫދީ ރަހީނުން ދޫކޮށްލުން މުއްދަތެއް ނެތްގޮތަށް ލަސްކުރުމުން ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެއާއެކު އަނެއްކާވެސް އިސްރާއީލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔަހޫދީ އަސީރުން ދޫނުކޮށްފިނަމަ އަނެއްކާވެސް ޣައްޒާގެ މުސްލިމުންނަށް ނަރަކަ ދައްކާލާނެކަމަށް ބުނެ އިންޒާރުދީފައެވެ. އަދި ހަމާސް އިން ހޮނިހިރު ދުވަހުގެ ކުރިން ބާކީ ތިބި އެންމެން މިނިވަން ނުކޮށްފިނަމަ ޣައްޒާގެ އެއްބަސްވުން ބާތިލްކުރުމަށް ޓްރަމްޕް ހުށަހެޅު ހުށަހެޅުމަށް އިސްރާއީލުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުންވަނީ މަރުހަބާވެސް ކިޔާފައެވެ.


ނަމަވެސް ހަމާސްގެ ނިންމުމަކީ ނަތަންޔާހޫގެ ވެރިކަން ދިގުދަންމާލަން ހަމާސްއާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރިކަންކަމުގެ ސަބަބުން ނިންމި ނިންމުމެއްކަމަށް ބުނެ އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު ތެލްއަވީވްގެ މަގުތަކުގައި ދަނީ މުޒާހަރާކުރަމުންނެވެ.

ނެޓްޒަރިމް ކޮރިޑޯއިން ޔަހޫދީ އަސްކަރިއްޔާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް މީގެ ދެ ދުވަސް ކުރިން ފެށިނަމަވެސް މިހާރު އަނެއްކާވެސް ދަނީ ޣައްޒާ ސަރަހައްދަށް ޔަހޫދީ ސިފައިން ޖަމާކުރަމުންކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 2 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 3 މަސް ކުރިންހަމާސް ބަލިކުރުން މުހިންމެއް ނޫން، ބޭނުމީ އަސީރުން މިނިވަންކުރަން ދުނިޔެ | 4 މަސް ކުރިންޝިރީ ބިބާސްގެ ހަށިގަނޑު ފޮރެންސިކް މާހިރުން ދެނެގަނެވިފައިވާ ކަމަށް އާއިލާއިން ބުނެފިދުނިޔެ | 5 މަސް ކުރިން