ހަނިއްޔާ ޝާހީދު ކޮށްލިކަމަށް އިސްރާއީލުން އެއްބަސްވެއްޖެ
.jpg&w=96&q=75)
24 ޑިސެމްބަރު 2024 - 06:22

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ވެރިޔާ އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލި ކަމަށް އިސްރާއީލުން އެއްބަސްވެއްޖެއެވެ.
ހަނިއްޔާ އަވާހަރަކޮށްލިކަމަށް އެއްބަސްވެފައިވަނީ އިއްޔެ ބޭއްވި ހަފްލާއެއްގައި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އެވެ. އެގޮތުން ކަޓްޒް ހަނިއްޔާގެ މަރުގެ އިތުރުން، ޔަމަނުގައި ހިނގަމުންދާ ހޫތީންގެ ހަރަކާތަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެ ޖަމާއަތަށް ވަރުގަދަ ހަމަލާއެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ފާއިތުވި މަސްތަކުގައި ޙުޘީން ވަނީ އިސްރާއީލަށް ގިނަ މިސައިލް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ހައިޕާސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ހޮނިހިރު ދުވަހު އިސްރާއީލުގެ ވެރި ރަށް ތެލް އަވީވަށް ދިން ހަމަލާވެސް ހިމެނެއެވެ.
ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނާއި އީރާނުގެ ބައިވެރިންގެ މެދުގައި ވަނީ ނުރުހުން އުފެދިފަ އެވެ. އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ބަދަލު ހިފާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއާއަށް ވެރިކަން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ތެހެރާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.