logo
E-Platinum
ދުނިޔެ

ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށް އިސްރާއީލް ސިފައިން 2 މިލިއަން ޑޮލަރުގެ ފައިސާ ފޭރިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2025 - 13:51
ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށް އިސްރާއީލް ސިފައިން  2 މިލިއަން ޑޮލަރުގެ ފައިސާ ފޭރިއްޖެ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ކަމަށްބުނާ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށް އިސްރާއީލް ސިފައިން 2 މިލިއަން ޑޮލަރުގެ ފައިސާ ފޭރިއްޖެއެވެ.

ގުދުސް ނިއުސް ނެޓްވޯކުގެ ރަސްމީ އެކްސް އެކައުންޓުން ބުނެފައިވާ ގޮތުގައި މިހަފްތާގައި އާބާދުވެފައިވާ ވެސްޓް ބޭންކުގައި ގިނަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އިސްރާއީލް ސިފައިން ވަނީ ބުނެފައެވެ.

މި ރޭޑްތަކުގައި ގެތައް ލޫޓްވައި 2 މިލިއަން ޑޮލަރުގެ ފައިސާ އިސްރާއީލް ސިފައިން ފޭރިގަނެފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ފައިސާތައް ފޭރުމަށްފަހު އިސްރާއީލް ސިފައިން ވަނީ އެމީހުންގެ އާންމު ބަހުން، ހައްޔަރުކުރި މީހުންނަކީ ޓެރަރިސްޓުންކަމަށް ބުނެފައެވެ. އަދި "ހޯދަމުންދިޔަ 80 މީހުން" ހައްޔަރުކޮށް، އެތައް ހަތިޔާރުތަކަކާއި "ޓެރަރިސްޓް ފަންޑް" ގެ ގޮތުގައި 7 މިލިއަން ޝެކެލް (2 މިލިއަން ޑޮލަރު) އަތުލައިފައިވާކަމަށް ބުނެ ދޮގު ހަދާފަވެއެވެ.

ޖޫން 1 ގައި ފެށޭ ޔަހޫދީންގެ ޝަވުއޯތް ޗުއްޓީއަށް ތައްޔާރުވުމުގެ ގޮތުން، އިސްރާއީލީ ސިފައިން ބުނާގޮތުގައި އާބާދުވެފައިވާ ވެސްޓް ބޭންކުގައި ސިފައިންގެ ބާރު އިތުރުކޮށްފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | ދުވަހެއް ކުރިންދިއްކޮށްލާނެ އެހީގެ އަތެއް ނެތް، ޣައްޒާ އެދި ގޮވަނީ އަވަހަށް ޤިޔާމަތްވުމަށް World | 2 މަސް ކުރިންފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން: ރާއްޖެއިން ވެސް ތާއީދުކޮށް ވޯޓުދިންޚަބަރު | 2 މަސް ކުރިންފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށް އިސްރާއީލް ސިފައިން 2 މިލިއަން ޑޮލަރުގެ ފައިސާ ފޭރިއްޖެދުނިޔެ | 2 މަސް ކުރިން