logo
E-Platinum
ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: ފަރެސްމާތޮޑާ އަތުން މީދޫ މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2024 - 03:23
އިއްޔެ ކުޅެވުނު މެޗުގެތެރެއިން. ފޮޓޯ: މިހާރު ސްޕޯރޓްސް
އިއްޔެ ކުޅެވުނު މެޗުގެތެރެއިން. ފޮޓޯ: މިހާރު ސްޕޯރޓްސް

ބޮޑު ފުޓުބޯޅަގެ ފޯރި ރާއްޖޭގައި ކުރިއަރުވާ ދިރުވުމުގެ މަޤުސަދުގައި އެފް.އޭ.އެމް އާއި 90 ޕްލަސް އިން ގުޅިގެން ހިންގާ 90 ޕްލަސް މުބާރާތުގައި އިއްޔެ ހަވީރު ފަރެސްމާތޮޑާ އާއި ވާދަކޮށް ދ. މީދޫ އިން ބޮޑު މޮޅެއްހޯދައިފިއެވެ. 21 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންނާއެކު ނިކުތް ފަރެސްމާތޮޑާއަތުން މީދު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މިއީ ގްރޫފް އޭގެ ދެވަނަ މެޗެވެ. މި މެޗުގެ މީދޫގެ ގޯލުތައް ޖަހައިދިނީ މުޒުދާން އާއި އިމްރާން އެވެ. މި ދެކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިޔެއްވެސް ދެ ގޯލު ޖަހާފައެވެ. މެޗުގައި މި ދެކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ސަމްޕަތުގެ އިރުޝާދުގެ ދަށުން ނިކުތް ފަރެސްމާތޮޑާ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ އިތުރު ވަޤުތުގައި ކުޅެންއެރި ސައިޝުﷲ އަޝްރަފެވެ. މި ބައްޔާއެކު ފަރެސްމާތޮޑާ ވަނީ ގްރޫޕް އޭގެ ފުލަށް ވެއްޓިފައެވެ.

މި ގްރޫޕް ގެ ފުރަތަމަ މެޗުގައި ފުވައްމުލައް ވަނީ ކުޑަހުވަދޫ އަތުން މޮޅުވެފައެވެ. އަދި ރޭގައި މި ގްރޫޕް ގައި މާލޭގެ ޓީމުން ވަނީ ތިމަރަފުށީގެ މައްޗަށް ކުރިހޯދާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 21 ދުވަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެކުޅިވަރު | 7 މަސް ކުރިން