logo
E-Platinum
ކުޅިވަރު

އޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށް

އަބްދުﷲ ޣާނިމް
24 ޑިސެމްބަރު 2024 - 19:00
އޭދަފުށި މުބާރާތުގެ ތަށި އުފުލާލަނީ. ފޮޓޯ: ސިޑިބަރި
އޭދަފުށި މުބާރާތުގެ ތަށި އުފުލާލަނީ. ފޮޓޯ: ސިޑިބަރި

ގޯލްޑް ކަޕްގެ ޗެންޕިއަންކަން އޭދަފުށިން ހޯދައިފިއެވެ. ފައިނަލް މެޗުގައި އައްޑޫ ސިޓީއާއި ވާދަކޮށް އޭދަފުށިން މިމެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

ގަލޮޅުދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު މިމެޗުގެ ކުރިން، މުބާރާތުގެ ޓްރޮފީ ދައްކާލީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑު އަލީ އަޝްފާޤުއެވެ.  

471203741_1117014997098431_906318942281853085_n.jpg

ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާޤު މުބާރާތުގެ ތަށި ދައްކާލަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވާ އައްޑޫ ސިޓީއާއި ދެކޮޅަށް ކުޅުނު މިމެޗުގައި އޭދަފުށީގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 39 ވަނަ މިނެޓުގައި ހަމްޕު ނަގައިދިން ކޯނަރަރަކުން މުހައްމަދު ފާސިރު (ފާއްޓޭ) ބޮލުން ޖަހައިގެންނެވެ. މި ގޯލާއި ހަމައަށް އައިއިރު މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އޭދަފުށިންނެވެ. ނަމަވެސް ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެ އައްޑޫ ސިޓީގެ ފަރާތުން އޭދަފުށީގެ ގޯލަށް ނުރައްކާ ކުރަންފެށިއެވެ.

އައްޑޫ ސިޓީގެ އުއްމީދުތައް ފުނޑުފުނޑުވީ މެޗުގެ 90 ވަނަމިނެޓުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލަކުންނެވެ.

މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާކަން ހޯދި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ އޭދަފުށީގެ ކީޕަރު އަބްދުﷲ ޒިޔަޒަންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަށް ހޮވިފައިވަނީ ދ. މީދޫގެ އިބްރާހިމް އިމްރާނު އާއި ފުވައްމުލަކުގެ ކޯފީ އެވެ.

ފައިނަލް މެޗުގެ ސަރަފުވެރި މެހެމާނެއްގެ ގޮތުން ޗެންޕިއަން ޓީމަށް ތަށި އަދި މެޑަލް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އޭދަފުށި ވަނީ ގޯލްޑް ކަޕް ޗެންޕިއަންކަން ހޯދުމުގެ އިތުރުން މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑަން ފުޓުސަލް ޗެލެންޖުގެ ޗެންޕިއަންކަންވެސް ހޯދާފައެވެ. މިއާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަމަށް އޭދަފުށިވަނީ އައިސްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 20 ދުވަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެކުޅިވަރު | 7 މަސް ކުރިން