logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށް

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2025 - 04:57
ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން ތޮއްޑޫ | ފޮޓޯ: އއ. އަތޮޅު ކައުންސިލް
ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން ތޮއްޑޫ | ފޮޓޯ: އއ. އަތޮޅު ކައުންސިލް

އަރިއަތޮޅު ސްޕޯރޓްސް ފެސްޓިވަލްގައި ފުޓްބޯޅަ އިވެންޓުގެ ފައިނަލްމެޗު ކާމިޔާބުކޮށް، އއ. އަތޮޅުގެ ފުޓްބޯޅައިގެ ރަސްކަމަށް ތޮައްޑޫ އައިސްފިއެވެ. އަރި އަތޮޅު ސްޕޯރޓްސް ފެސްޓިވަލް ގެ ނަމުގައި އަރިއަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މި ފެސްޓިވަލުގައި ފުޓްބޯޅައިގެ އިތުރުން އަންހެނުންނަށް ހާއްސަކޮށް ހޭންޑް ބޯޅަ މުބާރާތެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފުޓްބޯޅަ އިވެންޓުގައި ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕްކަށް ބަހާލައިގެންނެވެ. ގްރޫޕް ބީގައި ތޮއްޑޫ އާއި ރަސްދޫ އާއި ފޮޅުދޫ ހިމެނޭއިރު، މި ގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުުރުކޮށްފައިވަނީ ތޮއްޑޫއެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި ދަތުުރުކޮށްފައިވަނީ ފޮޅަދޫއެވެ. ގްރޫޕް އޭގައި އުކުޅަހާއެކު މާޅޮސް އަދި ހިމަންދޫ ކުޅެފައިވާއިރު، އެއްވަނައިގައި ސެމީއަށް ދަތުުރކުރީ މާޅޮހެވެ. އަދި ދެވަނައިގައި ދަތުރުކުރީ އުކުޅަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެމީގައި ތޮއްޑޫ އުކުލަށް 4-0 އިން ބަލިކޮށްފައިވާއިރު، ފޮޅަދޫ ވަނީ މާޅޮސް ގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.

ރަސްދޫގައި ކުރިޔަށް ގެންދިޔަ މިމުބާރާތުގެ ފައިނަލުގައި އިއްޔެ ވާދަކުރީ ތޮއްޑޫ އާއެކު ފޮޅަދޫއެވެ. މެޗުގެ 90 މިނެޓުގައި 2-2 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން ތޮއްޑޫއިން މުބާރާތް ކާމިޔާބުކުރީ 4-2 އިންނެވެ. މިއާއެކު ތޮއްޑޫއަށް ވަނީ ކުރިޔަށް އޮތް 90 ޕްލަސް ގޯލްޑްކަޕްގައި އަރިއަތޮޅު ޗެންޕިއަންޓީމުގެ ހައިސިއްޔަތުން ޖާގަލިބިފައެވެ.

545375314_1113610990955179_6986922243393484597_n.jpg

ފައިނަލް މެޗުގެ ތެރެއިން | ފޮޓޯ: އއ. އަތޮޅު ކައުންސިލް

މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ތޮއްޑޫގެ ޖޯޒީނަންބަރު 9 ޝައުޤަތު އެވެ.

543507677_1113611280955150_4336226680094880371_n.jpg

ޝައުޤަތް (މެދުގައި) ތޮޑޫ ކުޅުންތެރިންނާއެކު | ފޮޓޯ: އއ. އަތޮޅު ކައުންސިލް

މުބާރާތް ކާމިޔާބުކޮށް ތޮއްޑޫގެ ޓީމު ރޭގައި ރަށަށް ދިޔުމުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އަރިއަތޮޅު ސްޕޯރޓްސް ފެސްޓިވަލުގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި އުކުޅަހާއި ވާދަކޮށް 13-11 އިން ކާމިޔާބުކުރީ ރަސްދޫއެވެ.

543425260_1113965464253065_7423803129946479252_n.jpg

މުބާރާތުގެ ހޭންޑްބޯލް ޗެންޕިއަން ރަސްދޫ | ފޮޓޯ: އއ. އަތޮޅު ކައުންސިލް

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 11 ދުވަސް ކުރިންތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ހުޅުވައިފި ޚަބަރު | މަހެއް ކުރިންތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިން