logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
5 ޖޫން 2025 - 05:38
ގޯލްޑްކަޕްގެ މިދިޔަ އަހަރުގެ ޗެންޕިއަން ކުޅުދުއްފުށި
ގޯލްޑްކަޕްގެ މިދިޔަ އަހަރުގެ ޗެންޕިއަން ކުޅުދުއްފުށި

ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑްކަޕް 2025 ފުޓްބޯޅަ މުބާރާތް މިއަހަރު އައު ފޯމެޓެއްގައި އިންގިލާބީ ދަދަލުތަކާއެކު ކުރިއަށް ގެންދިއުމަށް އިޢުލާން ކޮށްފިއެވެ.

ދިވެހި ފުޓްބޯޅަ އަލުން ދިރުވުމަށް 'އަލުން ދަނޑަށް' މި ސިޢާރުގެ ދަޢުން 90 ޕްލަސް އާއި ސްޕޯރޓްސް މިނިސްޓްރީގުޅިގެން މިދިޔަ އަހަރުގައި ފެށި މިމުބާރާތުގެ ފުރަތަމަ އެޑިޝަންގައި ޖުމްލަ 17 ޓީމަކުން ވާދަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މިއަހަރުގެ މުބާރާތް ބަދަލުތަކާއެކު 90 ޕްލަސް އިން އިޢުލާންކޮށްފައިވާއިރު، މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް އަދި ސިޓީއެއް ޝާމިލްވާހެން ޖުމްލަ 28 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ގަދަ 8 އަށް ދިޔަ ޓީމުތަކަށް މިއަހަރުގެ މުބާރާތުގެ ޖާގައެއް އޮޓޮމެޓިކުން ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަޕް އައްޑޫ ސިޓީ، މާލެ ސިޓީ، ރ. އަލިފުށި، ފުވައްމުލައް ސިޓީ، ކ. ގުރައިދޫ، ޅ. ނައިފަރު އަދި ކ. މާފުށި ހިމެނެއެވެ. އަދި އިންވިޓޭޝަނަލް އުސޫލުން ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީއަށް ވެސް ވަނީ ޖާގަ ދީފައެވެ.

501046338_122154749144518505_241562321384968838_n (1).jpg

މިއަހަރުގެ ޓޯނަމެންޓް ގެ ކޮންސެޕްޓް

 

މުބާރާތުގެ ބާކީ އޮތް 18 ޖާގައަށް ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ އަތޮޅުތަކުގައި ބާއްވާ ކޮލިފައިން މެޗުތަކަކުންނެވެ. މި މެޗުތައް ކުޅޭނީ ކޮންމެ އަތޮޅެއްގައިވެސް ކަނޑައަޅާ ވަކި ރަށެއްގައެވެ. މުބާރާތުގެ އައު ފޯމެޓުގެ ދަށުން ޓީމުތައް ބަހާލެވޭނީ ހަތް ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގަދަ 16 ގެ ބުރަށް ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމު ދާނެއެވެ. އަދި ކޮންމެ ގުރޫޕެއްގެ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މި ފޯމެޓުގެ ދަށުން މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅެވޭނެއެވެ.

މުބާރާތް ބާއްވާނެ ތާރީޚެއް އިޢުލާން ކޮށްފައި ނުވާއިރު، އެފްއޭއެމްގެ މިއަހަރުގެ ކަލަންޑަރު އިޢުލާންކުރުމުން މުބާރާތުގެ ތާރީޚު ކަނޑައެޅޭނެ ކަމަށް ނައިންޓީ ޕްލަސްއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 11 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން