logoEN
ކުޅިވަރު

ގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެ

ގޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އޭދަފުށީގެ ސަޕޯޓަރުން ފޯރި ނަގަނީ -- ފޮޓޯ: ނުކުތާ

ގޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އޭދަފުށީގެ ސަޕޯޓަރުން ފޯރި ނަގަނީ -- ފޮޓޯ: ނުކުތާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

24 ޑިސެމްބަރު 2024 - 05:52

އޭދަފުއްޓާއި އައްޑޫ ވާދަކުރާ 90 ޕްލަސް ގޯލްޑް ކަޕުގެ ފައިނަލަށް ހަމަޖެއްސި 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެއެވެ.

ގޯލްޑް ކަޕުގެ ފައިނަލް މެޗަށް، ޓިކެޓުތައް ވިއްކަން ފެށީ އިއްޔެ ހަވީރު 3:00 ޖެހިއިރު އެވެ. އެގޮތުން ދަނޑުގެ ކެޕޭސިޓީ އަށް ބަލައި، މުޅި ޖުމްލަ 4،000 ޓިކެޓު ވިއްކުމަށް ގޯލްޑް ކަޕް އިން އާންމުންނަށް ހުޅުވާލިއެވެ.

އެގޮތުން އައްޑޫ ސިޓީއަށް ޚާއްސަކޮށް ޓިކެޓުތައް ވިއްކުމަށް ދަނޑުގެ ސަހަރާ ފަޅި ހަމަޖެއްސިއިރު، އޭދަފުށްޓަށް ޚާއްސަކޮށް ޓިކެޓުތައް ވިއްކުމަށް ހަމަޖެއްސީ ދަނޑުގެ އޮލިމްޕަހާ ވީ ފަޅިއެވެ. އެއާއެކު އިއްޔެ ހަވީރުން ފެށިގެން ފޯރީގައި ޓިކެޓު ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އައްޑޫ ފަޅީގެ ޓިކެޓުތައް ވަނީ 20 މިނެޓު ތެރޭގައި ހުސްވެފައެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ގޯލްޑް ކަޕްގެ ފައުންޑަރު ކަމުގައިވާ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީ ވިދާޅުވީ ގޮތުގައި، ފައިނަލަށް ހަމަޖެއްސި 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވީ ރޭގެ ވަގުތެއްގައެވެ. އޭގެ ތެރޭގައި މިރޭގެ ފައިނަލަށް ޚާއްސަކޮށް ޓީމުތަކުގެ ރިކުއެސްޓަށް ކޮންމެ ޓީމަކަށް ވެސް 400 ޓިކެޓު ދޫކޮށްފައިވާ ކަމުގައި ފާހަގަކުރައްވަމުން ޝާޒް ވިދާޅުވި ގޮތުގައި، ބާކީ ހުރި ހުރިހާ ޓިކެޓެއް ވިއްކާފައިވަނީ ކައުންޓަރުންނެވެ.

މިރޭ އޮންނަ ފައިނަލުގައި އައްޑޫން ވާދަކުރަނީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، 100 އިންސައްތަ ރެކޯޑަކާއެކުއެވެ. އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު އޮތީ އޭދަފުށީގެ އަތުގައެވެ.

ފޯރިގަދަ އެ މެޗު އޮންނާނީ މިރޭ 09:00 ޖަހާއިރު، ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder