logo
E-Platinum
ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: މާލޭ ޓީމުން މުބާރާތް ފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2024 - 03:47
މާލެ އާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮތޯ: ސިޑިބަރި
މާލެ އާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮތޯ: ސިޑިބަރި

މިހާރު ގަލޮޅު ދަނޑުގައި ކުރިޔަށްދާ ބޮޑު ފުޓްބޯޅަ މުބާރާތް 90 ޕލްސް ގޯލްޑް ކަޕްގައި ރޭޣައި ތިމަރަފުއްޓާއި ވާދަކޮށް މާލެއިން ބޮޑު މޮޅެއް ހޯދައި އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ. މި މެޗު މާލެއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނިކުތްއިރި ދެ ޓީމުގައިވެސް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ. އެގޮތުން މާލޭ ޓީމުގައި އީގަލްސް އަށް ކުޚެފައިވާ ރިލްވާން ވަޙީދު (ރިލޭ) އާއި ޤައުމީ ޓީމުގެ ކުޅުންތެރިޔެއް ކަމުގައިވާ އަޙްމަދު މާއިޝް އާއި ސައިފުއްﷲ އިބްރާޙީމް އާއި ވެލެންސިޔާގެ ކެޕްޓަން ހަސަން ސުފިޔާނު ވެސް މާލެޓީމުގައި ހިމެނިފައިވެއެވެ. މާލެ ޓީމުގެ ކެޕްޓަނަކީ އަޙްމަދު ރިލްވާން އެވެ.

ތިމަރަފުއްޓަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަބްދުﷲ ޒިޔާން (ޖަންކީ) ގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ޝަނާން ރަޝާދު އާއި އަބްދުﷲ ޖުނައިދުއެވެ. މި ދެ ކުޅުންތެރިން ތިމަރަފުއްޓަށް ކުޅެފައިވަނީ ބޭރު ކުޅުންތެރިންގެ ގޮތުގައެވެ. އެގޮތުން ޝަނާން ރަޝާދަކީ ކ. ގާފަރަށް ނިސްބަތްވާ ކުޚުންތެރިޔެކެވެ. އަދި އަބްދުﷲ ޖުނައިދުއަކީ ލ. ގަމަށް ނިސްބަތްވާ ކުޚުންތެރިއެކެވެ.

ރޭގެ މޮޅާއެއެކު ފައިދާ އެއް ގޯލުގެ ތަފާތުން މާލޭގެ ޓީމު އޮތީ ގްރޫޕް އޭގެ އެއްވަނައިގައެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ތުޅާދޫއެވެ. އަދި މިރޭގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އައްޑޫސިޓީއާއި ކުރެންދޫއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 21 ދުވަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެކުޅިވަރު | 7 މަސް ކުރިން