logo
E-Platinum
ޚަބަރު

މިއީ ދިވެހި ރާއްޖޭގައި ރައީސަކު މިހާ ގިނަ ކައުންސިލްތަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު- ނަރީޝް

މަރިޔަމް ޔަނާ އަލީ
22 ނޮވެމްބަރު 2024 - 06:35
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް, ފޮޓޯ--/ ގާފު އެމްވީ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް, ފޮޓޯ--/ ގާފު އެމްވީ

މިއީ ދިވެހި ރާއްޖޭގައި ރައީސަކު މިހާ ގިނަ ކައުންސިލްތަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާލުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ނަރީޝް ވިދާޅުވީ މިއީ މާލޭގެ މުނިލްސްޕަލްޓީ ޒަމާނުން ފެށިގެން މިދިޔަ 75 އަހަރުވި ތާރީހުގައިވެސް ދިވެހި ރާއްޖޭގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު އަމިއްލަފުޅަށް މާލެސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ .

ރަށްރަށުގެ ކައުންސިލާ އެރަށްރަށުގެ ރައްޔިތުންގެ ވިންދާ އިހުސާސް އެގުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ނަރީޝް ވަނީ ފާހަގކުރައްވާފައެވެ.

" ޕްރޮޖެކްޓުތައް ދިގުދެމިގެންދާ ވަރަކަށް ސަރުކަރަށް އޭގެ މާލީ އުނދަގޫތައް ކުރިމަތިލާން މި ޖެހެނީ. އޭގެ ބަދަލުގަ ރައްޔިތުންގެ އަޑުއަހާ ކައުންސިލްތަކުގެ އަޑު އަހާ ކައުންސިލުން ވެސް އެދޭ ގޮތާ ކައުންސިލުން އެ ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލާފަ އެ ސިޔާސަތުތައް އެކަށައަޅާކަމަށް ވަނީނަމަ ހަގީގަތުގަ އެކަންކަން ފަސޭހަވެ ތަންފީޒުވެގެންދާލެތް އަވަސްވެގެން ދާނެ. މިއަދު އެގޮތަށް ބައްދަލުކުރީމަ ނޫންތޯ 120 ކައުންސިލް އިދާރާ އެއީ އަލުންބަލުން ހަދަންޖެހޭ ތަނެއްކަން ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަތީ. އަމިއްލަފުޅަށް ވަޑައިގެން އެ ކައުންސިލްގެ ހާލަތު ބެއްލެވީމަ ނޫންތޯ؟".

ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ކައުންސިލް ދައުރުގައި މަސައްކަތް ކުރެއްވި އިރުވެސް ގެންގުޅުއްވި ވިސްނުންފުޅު ކަމަށެވެ. މިއަދު ފެނިގެންދަނީ އެ ވިސްނުންފުޅު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާ މަންޒަރުކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުސްގެކޮޅުން އާއްމުދަނީ ހޯދޭނެމަގު ފަހިކުރުމަށް ސިޓީ ކައުންސިލުން މަޝްވަރާކޮށްފިޚަބަރު | 6 މަސް ކުރިންމިއީ ދިވެހި ރާއްޖޭގައި ރައީސަކު މިހާ ގިނަ ކައުންސިލްތަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު- ނަރީޝްޚަބަރު | 8 މަސް ކުރިން