logo
E-Platinum
ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: އަލީ ނަސީމްގެ ހެޓްރިކާއެކު އޭދަފުށިން ތުޅާދޫ ބަލިކޮށްފި

އަބްދުﷲ ޣާނިމް
23 ނޮވެމްބަރު 2024 - 03:48
އޭދަފުށީޓީމު އުފާ ފާޅުކުރަނީ؛ ފޮޓޯ: އަލީ ނިޝާން، މިހާރު
އޭދަފުށީޓީމު އުފާ ފާޅުކުރަނީ؛ ފޮޓޯ: އަލީ ނިޝާން، މިހާރު

މިހާރު ގަލޮޅު ދަނޑުގައި ކުރިޔަށްދާ ބޮޑު ފުޓްބޯޅަ މުބާރާތް 90 ޕްލަސް ގޯލްޑް ކަޕްގައި އަލީ ނަސީމް ގެ ހެޓްރިކާއެކު އޭދަފުށިން ތުޅާދޫ ބަލިކޮށްފިއެވެ. މިމެޗުން އޭދަފުށި މޮޅުވީ 5-1 އިން ނެވެ.

އެގޮތުން މެޗުގެ ކުރީކޮޅުގައި އޭދަފުށިންވަނީ ގޯލުޖަހާފައެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އިތުރު 2 ގޯލު ޖަހާ ނަތީޖާ ވަނީ 3-0 އިން ކުރީގައެވެ. ފުރަތަމަ ހާފުގެ އޭދަފުށީގެ ގޯލުތައް ޖަހާފައިވަނީ ޓީސީގެ ކެޕްޓަން އަޖުފާން އާއި އަހުމަދު ޖައުޝަންގެ އިތުރުން އަލީ ނަސީމް އެވެ.

ދެވަނަ ހާފުގައި ތުޅާދޫއިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތުން ވަނީ އެއް ގޯލު ޖަހާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.  

މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށްގެން ކުޅުނު އޭދަފުށީގެ އަލީ ނަސީމް ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހާ ހެޓްރިކް ހަމަކޮށްފައެވެ.

މިއީ މު މުބާރާތުގެ ގްރޫޕް ބީ ގެދެވަނަ މެޗެވެ. މީގެ ކުރިން މި ގްރޫޕް ގައި މާލެ ސިޓީ ވަނީ ތިމަރަފުއްޓާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގެ އިތުރުން މު މުބާރާތުގެ ގްރޫޕް ސީގެ މެޗެއްވެސް ވަނީ ރޭގައި ކުޅެފައެވެ. އެ މެޗުގައި ބައްދަލުކޮށްފައިވަނީ ކުރެންދޫއާއި އައްޑޫ ސީޓީއެވެ.  

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 21 ދުވަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެކުޅިވަރު | 7 މަސް ކުރިން