logo
E-Platinum
ކުޅިވަރު

ހެރީކޭން ރެކޯޑާއެކު ބަޔާންއިން އޯގްސްބަރގް ބަލިކޮށްފި

އަބްދުﷲ ޣާނިމް
23 ނޮވެމްބަރު 2024 - 04:35
ހެރީ ކޭޏް ރޭޣެ މެޗުބޯޅަ އާއެކު. ފޮޓޯ؛ ބަޔާން
ހެރީ ކޭޏް ރޭޣެ މެޗުބޯޅަ އާއެކު. ފޮޓޯ؛ ބަޔާން

ޖަރމަން ބުންޑަސްލީގާގައި ބަޔާން މިޔުނިކް އޯގްސްބަރގް އާއި ބައްދަލުކުރި މެޗު 3-0 އިން ބަޔާން މޮޅުވެއްޖެއެވެ. މި މެޗުގައި ބަޔާންގެ ސުޕަސްޓަރ ހެރީކޭން ވަނީ ހެޓްރިކްހަދާ ބުންޑަސްލީގާގައި އައު ރެކޯޑެއް ހަދާފައެވެ.

ރޭގެ ހެޓްރިކާއެކު ނިމިދިޔަ ސީޒަންގައި ބަޔާން އަށް ބަދަކުވި ހެރީކޭން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 43 މެޗުން 50 ގޯލު ޖަހާ، ލީގުގައި އެންމެ އަވަހަށް 50 ގޯލު ޖެހުމުގެ ރެކޯޑް ހަދާފައެވެ. ކުރިން މި ރެކޯޑް އޮތީ ހާލާންޑް އަތުގައެވެ. ހާލަންޑް އަތުގައި މި ރެކޯޑް އޮތީ ބްރޫޝިޔާ ޑޯރޓްމަންޑަށް ކުޅުނު ފުރަތަމަ 50 މެޗުން 50 ގޯލު ހަމަކޮށްގެންނެވެ.

ރޭގެ މެޗުގައި ކޭން ޖެހި 3 ގޯލުގެ ތެރެއިން 2 ގޯލަކީ ޕެނަލްޓީ ދެ ގޯލެވެ. އަދި ރޭގެ 3 ގޯލާއެކު ކޭން ވަނީ މި ސީޒަން ބުންޑަސްލީގާގެ ގޯލު ޗާޓުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އެގޮތުން މި ސީޒަނުގައި ލީގުގައި މިހާތަނަށް ކޭން ވަނީ 14 ގޯލު ޖަހާފައެވެ.

ރޭގެ މޮޅާއެކު ބަޔާން އިން ވަނީ ކުޅުނު 11 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހިފަހަށްޓާލާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެރީކޭން ކެރިއަރުގެ ފުރަތަމަ ތަށްޓާ ޕޮއިންޓަކާ ގާތަށްކުޅިވަރު | 3 މަސް ކުރިންބުންޑަސް ލީގާ: އަލްފޮންސޯ ޑޭޥިސްގެ މޮޅުކުޅުމާއެކު ބަޔާންއިން ލައިޕްޒިގް ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 7 މަސް ކުރިންޖަރމަން ބުންޑެސްލީގާ: ޑޯޓްމަންޑާއި ބަޔާންމިޔުނިކް ގެ ގަދަހިފުން ހަމަހަމަކުޅިވަރު | 8 މަސް ކުރިންހެރީކޭން ރެކޯޑާއެކު ބަޔާންއިން އޯގްސްބަރގް ބަލިކޮށްފިކުޅިވަރު | 8 މަސް ކުރިން