ހެރީކޭން ކެރިއަރުގެ ފުރަތަމަ ތަށްޓާ ޕޮއިންޓަކާ ގާތަށް

ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ

27 އޭޕްރީލު 2025 - 03:16
ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ މެއިންޒް އާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް 3-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގު ޗެމްޕިއަންކަން ހޯދުމާ ހަމައަށް އެންމެ ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ. މިއާއެކު 31 އަހަރުގެ އިނގިރޭސި ލެޖެންޑް ހެރީކޭނގެ ކެރިއަރުގެ ފުރަތަމަ މޭޖަރ ޓްރޮފީ ހޯދުމާއި ފިޔަވަޅާކާއި ގާތަށް ވަނީ ޖެހިލާފައެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖެހީ ލެރޯއި ސާނޭއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މައިކަލް އޮލިސޭ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ތިންވަނަ ލަނޑު މެޗު ނިމުމުގެ ކުރިން އެރިކް ޑަޔާ ވަނީ ޖަހާފައެވެ.
މި މޮޅުވުމާއެކު ބަޔާން މިއުނިކަށް ވަނީ މިހާތަނަށް ކުޅުނު 31 މެޗުން 75 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައިވާ ބަޔާ ލެވަކޫސަންގެ 67 ޕޮއިންޓާ އަޅާބަލާއިރު، ބާކީ އޮތް ތިން މެޗުން ލެވަކޫސަންއަށް މޮޅުވިޔަސް ލިބޭނީ 76 ޕޮއިންޓެވެ. އެހެންކަމުން މި ސީޒަންގައި ބާކީ އޮތް ތިން މެޗުން އެއް ޕޮއިންޓު ހޯދައިފިނަމަ، ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
ތާވަލުގެ ދެވަނައިގައިވާ ލެވަކޫސަން ވަނީ އޮގްސްބަރގް އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން މޮޅުވެފައެވެ. މި މެޗުން ލެވަކޫސަން ބަލިވި ނަމަ، ބަޔާން މިއުނިކަށް މިއަދުގެ މޮޅުވުމާއެކު ޗެމްޕިއަންކަން ކަށަވަރުވީހެވެ.
ބަޔާން ލީގުގައި އެންމެ އަވަހަށް ދެން ކުޅޭމެޗުން ތަށި ކަށަވަރުކުރުމުގެ ފުރުސަތު ލިބިފައިވާއިރު، ރޭގެ މެޗުގެ ފަހުގަޑީގައި ދެއްކި ރީނދޫކާޑާއެކު އޭނާ ވަނީ ކާޑުހަމަވެގެން ކުރިޔަށް އޮތް މެޗުން ސަސްޕެންޑްކޮށްފައެވެ.
އިތުރު ލިޔުންތައް

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
7 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
7 މަސް ކުރިން
ހެރީކޭން ރެކޯޑާއެކު ބަޔާންއިން އޯގްސްބަރގް ބަލިކޮށްފި
6 މަސް ކުރިން