logo
E-Platinum
ކުޅިވަރު

ބުންޑަސް ލީގާ: އަލްފޮންސޯ ޑޭޥިސްގެ މޮޅުކުޅުމާއެކު ބަޔާންއިން ލައިޕްޒިގް ހަމަބިމަށް ތިރިކޮށްފި

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2024 - 07:17
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ އަންފޮންސޯ ޑޭވިސް. ފޮޓޯ: ބުންޑެސްލީގާ
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ އަންފޮންސޯ ޑޭވިސް. ފޮޓޯ: ބުންޑެސްލީގާ

ބުންޑަސްލީގާ ގައި ރޭގައި ބަޔާން މިޔުނިކާއި އާރ.ބީ ލައިޕްޒިގް ބައްދަލުކުރިމެޗުން ބަޔާންމިޔުނިކުން ބޮޑު މޮލެއް ހޯދައިފިއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 5-1 އިންނެވެ.

 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ 2 މިނެޓުތެރޭގައި ވަނީ 2 ގޯލް ޖަހާފައެވެ. އެގޮތުން އެއްވަނަ މިނެޓުގައި ބަޔާންގެ މުސިއާލާ ގޯލެއް ޖެހިއިރު، 2 ވަނަ މިނެޓުގައި ލައިޕްޒިގް ގެ ސެސްކޯ ވަނީ ގޯލެއް ޖަހައިދީފައެވެ.

 

މެޗުގެ 25 ވަނަ މިނެޓުގައި ލައިމަރ ވަނީ އަނެއްކާވެސް ބަޔާން އަށް ގޯލެއް ޖަހައިދީ ލީޑު ނަގައިދީފައެވެ. އަދި އޭގެ 10 މިނެޓުފަހުން ކިމިކް ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

 

މެޗުގެ 75 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވިސް ގެ ޕާހަކުން ސާނޭ ގޯލުޖަހައިދިންއިރު، އޭގެ 3 މިނެޓިފަހުން ކިމިކް ނަގައިދިން ހުރަހަކުން އަލްފޮންސޯ ޑޭވިސް ވަނީ ގޯލު ޖަހައި ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. މި މެޗުގައި އަލްފޮންސޯ ޑޭވިސްގެ ފަރާތުން މޮޅުކުޅުމެއް ފެނިފައިވާކަން ފާހަގަކުރެވެއެވެ.

 

ރޭގެ މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން އިން ވަނީ ދެވަނައިގައި އޮތް ބަޔާން ލެވަކޫސަން އާއި ދެމެދުގައި އޮތް ފަރަގު 7 ޕޮއިންޓަށް ބޮޑުކޮށްފައެވެ. އެއްމެޗު މަދުން ކުޅެފައިވާ ލެވަރކޫސަން މިއަދު ނިކުންނާނީ އަމިއްލަ ދަނޑުގައި ފްރައިބަރގް އާއި ދެކޮޅަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | ދުވަހެއް ކުރިންލުއިސް ޑިއާޒް ބާސެލޯނާއަށް ލިބުމަކީ ހުވަފެނެއް، ބަޔާން މިއުނިކް އައު އޮފަރއަކާއެކު ކުރިއަށްކުޅިވަރު | 9 ދުވަސް ކުރިންނުވަ ކުޅުންތެރިންނާއެކުވެސް ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށްކުޅިވަރު | 23 ދުވަސް ކުރިންފްލެމިންގޯ ބަލިކޮށް ބަޔާން ކުއާޓަރ ފައިނަލަށްކުޅިވަރު | މަހެއް ކުރިން