logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ލުއިސް ޑިއާޒް ބާސެލޯނާއަށް ލިބުމަކީ ހުވަފެނެއް، ބަޔާން މިއުނިކް އައު އޮފަރއަކާއެކު ކުރިއަށް

އަބްދުﷲ ޣާނިމް
19 ޖުލައި 2025 - 09:49
ލުއިޒް ޑިއާޒް ލިވަޕޫލު ދޫކޮށްލަން ބޭނުންވާކަން ވަނީ ހާމަކޮށްފައި
ލުއިޒް ޑިއާޒް ލިވަޕޫލު ދޫކޮށްލަން ބޭނުންވާކަން ވަނީ ހާމަކޮށްފައި

ލިވަޕޫލްގެ ކޮލަމްބިއާގެ ކުލުންތެރިޔާ ލުއިސް ޑިއާޒްއަކީ ބާސެލޯނާގެ މައި ޓާގެޓެއް ކަމުގައި ވީނަމަވެސް، ލިވަޕޫލުން ޑިމާންޑްކުރާ އަގާއި ބަޔަން މިއުނިކްގެ މާލީ ބާރުވެރިކަމުގެ ސަބަބުން މި ޓްރާންސްފާ ބާސެލޯނާއަށް ކާމިޔާބުވުމަކީ ދުރުކަމެއްކަމުގައި މާކެޓް ދިރާސާކުރާފަރާތްތަކުން ދެކެއެވެ. ބާސެލޯނާއިން ޑިއާޒް އަށް 60 މިލިއަން ޔޫރޯއަށް ވުރެ މަތިން ހޭދަކުރަން ބޭނުން ނުވާތީ، މާކަސް ރޭޝްފޯޑްއަށް އަމާޒު ހިފުމަށް ވިސްނާ ކަމަށް ވެއެވެ.

ނިކޯ ވިލިއަމްސް އެތްލެޓިކް ކްލަބާއެކު އެއްބަސްވުން އައުކުރުމާ ގުޅިގެން، ބާސެލޯނާއިން 2025-26 ސީޒަނަށް އެހެން ކަނާއަތު ވިންގަށް ކުޅޭ ކުޅުންތެރިންނަށް އަމާޒު ހިފާފައިވެއެވެ. މިގޮތުން މިހާރު މައި އަމާޒަކީ ލުއިސް ޑިއާޒްއާއި މާކަސް ރޭޝްފޯޑްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ކުޅުންތެރިންގެ ތެރެއިން ރޭޝްފޯޑް ހޯދުމަކީ ފަސޭހަ ކަމެއް ކަމަށް ފެނެއެވެ. އިނގިރޭސި ފޯވަޑް ޓްރާންސްފަރއަށް ހުޅުވާލާފައިވާ އިރު، މެންޗެސްޓަރ ޔުނައިޓެޑްވެސް އޭނާ ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. ނަމަވެސް ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރ ޑެކޯ އެންމެ ބޮޑަށް ބޭނުންވަނީ ޑިއާޒް ކަމަށްވާތީ، އޭނާ ވަނީ އެންމެ މަތީ އިސްކަމެއް ދީފައެވެ.

ބަޔާން އައު އޮފަރއަކާއެކު ކުރިއަށް

ފެބްރިޒިއޯ ރޮމާނޯ ބުނާ ގޮތުގައި ބަޔާން މިއުނިކްއިން 67 މިލިއަން ޔޫރޯއަށް ވުރެ މަތީ އަގެއްގެ އޮފަރއެއް ލިވަޕޫލްއިން ވަނީ ދެންމެއަކު ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް ޖަރުމަނު ކުލަބުން 70 މިލިއަން ޔޫރޯއަށް ވުރެ މަތީ އައު އޮފަރއެއް ހުށަހެޅުމަށް ތައްޔާރުވަމުންދެއެވެ.

"މުންދޯ ޑިޕޯޓިވޯ" އިން ރިޕޯޓުކުރާ ގޮތުގައި ބާސެލޯނާއިން ޑިއާޒްއަށް 60 މިލިއަން ޔޫރޯއަށް ވުރެ މަތިން ދޭން ބޭނުމެއް ނުވެއެވެ. އަދި ކުލަބުގެ ޒުވާން ކުޅުންތެރިންނާއި މާކެޓްގައި އަގުހެޔޮ ކޫލުންތެރިންނަށް ބާސެލޯނާއިން ބަރޯސާވާން ވިސްނައެވެ.. ޑިއާޒް ބާސެލޯނާއަށް ދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަވެސް، ބަޔާންއަށް ދިއުމަކީވެސް އޭނާ ދެކޮޅު ކަމެއް ނޫނެވެ. މީގެ އިތުރުން ލިވަޕޫލުން މިކުޅުންތެރިޔާއަށް ޑިމާންޑް ކުރަނީ 80 މިލިޔަން ޔޫރޯއެވެ. އެހެންކަމުން މިޓްރާންސްފާ މިހާރު އޮތް ހިސާބުން ބާސެލޯނާއަށް މިކުޅުންތެރިޔާގެ ސޮއި ހޯދުމަކީ ނާދިރުކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ރައީސްކަމަށް ކުރިމަތިލާން ތިބި ކެންޑިޑޭޓުން ލަޕޯޓާއާ ދެކޮޅަށް އެއްބައިވެއްޖެކުޅިވަރު | 2 ދުވަސް ކުރިންސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތްކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 10 ދުވަސް ކުރިން