logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނުވަ ކުޅުންތެރިންނާއެކުވެސް ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށް

އަބްދުﷲ ޣާނިމް
6 ޖުލައި 2025 - 03:05
މެޗުގެ މޮޅުކުޅުންތެރިޔާ ޑޫއޭ - ފޮޓޯ: ފުޓްމޮބް
މެޗުގެ މޮޅުކުޅުންތެރިޔާ ޑޫއޭ - ފޮޓޯ: ފުޓްމޮބް

މިހާރު އެމެރިކާގައި ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި 9 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ޕީއެސްޖީއިން ބަޔާން މިޔުނިކް ބަލިކޮށްފިއެވެ. މިމެޗު ޕީއެސްޖީއިްނ ކާމިޔާބުކުރީ 2-0 އިންނެވެ.

މި މެޗުގައި ބަޔާން މިއުނިކްގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާއަށް ވަނީ ބޮޑު އަނިޔާއެއްލިބި ފުރަތަމަ ހާފުގެ ފަހުވަގުތު ދަނޑުން ބާލާފައެވެ. ލަފާކުރެވޭގޮތުން މުސިއާލާ އަނިޔާއިން ރަނގަލުވުމަށް 4 މަހާއި 6 މަހާއި ދޭތެރޭގެ މުއްދަތެއް ހިނގާނެއެވެ.ރޭޣެ މެޗަކީ މިދިޔަ ސީޒަނުގެ ބޮޑުބައެއް އަނިޔާގެ ސަބަބުން ގެއްލުނު މުސިއާލާ ފާއިތުވެ ދިޔަ ތިންމަހުގައި ބަޔާންގެ ޖާރޒީގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެފަރާތުންވެސް ދާދިހަމަހަމަ ކުލުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ގޯލުޖަހައިދިނީ މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ކުޅުންތެރިޔާ ޑޫއޭއެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑިފެންޑަރ ޕާޗޯ ކުރި ފައުލަކާއި ގުޅިގެން ރަތްކާޑުދައްކައި ދަނޑުން ފޮނުވާލި ހިސާބުންފެށިގެން ބަޔާން އިން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މީގެ އިިތުރުން ްިތުރު ވަޤުތުގެ 90 ވަނަމިނެޓުގައި ޕީއެސްޖީގެ ލޫކަސް ހެނާންޑެޒްއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.ޕީއެސްޖީގެ ފަހުގޯލަކީ މެޗުގެ ފަހު ސިކުންތުކޮޅުގައި އޮސްމާން ޑެމްބޭލޭ ކައުންޓަރ އެޓޭކެއްގައި ޖެހި ގޯލެކެވެ.

މިމޮޅާއެކު މުބާރާޓުގެ ސެމީގައި ޕީއެސްޖީ ނިކުންނާނީ މިމަހުގެ 9 ވަނަދުވަހުގައި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 17 ދުވަސް ކުރިންބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފިކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ އިން ސެމީގައި ބަޔާންކޮޅަށް ފަސްގޯލުޖަހައި ފައިނަލުގެ ޖާގައަކާއި ގާތަށްޖެހިލައިފިކުޅިވަރު | 2 މަސް ކުރިން4 މެޗު ބާކީއޮއްވައި ބަޔާން ލީގު ކަށަވަރުކޮށްފި، ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށްކުޅިވަރު | 2 މަސް ކުރިން