ވިލަރެއާލް ކޮޅަށް 6 ލަނޑު ޖަހައި، ޗެމްޕިއަންސް ލީގުގެ ރެކޯޑަކާއެކު ޕީއެސްޖީން ތާރީޚުގެ ތެރެއަށް
4 ނޮވެމްބަރު 2026 - 03:25

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލްގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ތާރީޚީ ރެކޯޑެއް ހަދައިފިއެވެ. ވިލަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 16 މިނެޓާއި 2 ސިކުންތުގެ ތެރޭގައި ޕީއެސްޖީން ވަނީ 4 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ޓީމަކުން އެންމެ އަވަހަށް 4 ލަނޑު ޖެހި ފަހަރެވެ.
މެޗުގެ 9 ވަނަ މިނެޓުގައި ޖާއޯ ނެވޭސް ލީޑު ނަގައިދިންއިރު، ވިލަރެއާލްގެ ކީޕަރު ޕީޓާ ގުލާޗީއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ދެޒީރޭ ދުއޭ އަދި ސެނީ މަޔުލޫ ވަނީ ލަނޑު ޖަހާފައެވެ. އަދި 17 ވަނަ މިނެޓުގައި ފަބިއަން ރުއީޒް ވަނީ ހަތަރުވަނަ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން ނަގާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭގައި ފަބިއަން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 17 އަހަރުގެ ޑޭވިޑް ބޯލީ ވަނީ ޕީއެސްޖީގެ ފަހު ލަނޑު ޖަހައިދީފައެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު ލުއިސް އެންރީކޭގެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މި މުބާރާތުގައި ބަލިނުވެ 14 މެޗު ހަމަކޮށް، ފްރާންސްގެ ޓީމަކުން މުބާރާތުގައި ދަމަހައްޓާފައިވާ އެންމެ ދިގު ރެކޯޑާވެސް ޕީއެސްޖީން ވަނީ ހަމަހަމަކޮށްފައެވެ

-01.jpg&w=3840&q=75)
