logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލުއިސް ޑިއާޒް ބަޔަން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެ

އަބްދުﷲ ޣާނިމް
27 ޖުލައި 2025 - 17:07
ޑިއާޒް ބަޔާންއަށް ބަދަލުވުމަށް ވަނީ އެއްބަސްވެފައި
ޑިއާޒް ބަޔާންއަށް ބަދަލުވުމަށް ވަނީ އެއްބަސްވެފައި

ލިވަޕޫލްގެ ވިންގަރ ލުއިސް ޑިއާޒް، 65.5 މިލިއަން ޕައުންޑަށް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެއެވެ. މި ޑީލްގެ ދަށުން މިހާރު އޭޝިއާ ޓުއާގައި ހުރި ޑިއާޒްއަށް ޓީމު ދޫކޮށް ދިއުމުގެ ހުއްދަ ލިވަޕޫލުން ވަނީ ދީފައެވެ.

ޑިއާޒްއާއެކު އެއްބަސްވުން އައު ކުރުމަށް ލިވަޕޫލުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ދެ ފަރާތުގެ ޑިމާންޑްތަކުގައި ހުރި ތަފާތުތަކާ ހެދި އެކަން ވަނީ ނުވެފައެވެ. ޕްރިމިއަރ ލީގުގެ 20 ވަނަ ޓައިޓަލް ހޯދުމަށް އެހީތެރިވުމަށްފަހު، ޑިއާޒް ކްލަބް ދޫކޮށް ދިއުމަށް އެދުމުން ލިވަޕޫލުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation


ލިވަޕޫލްގައި އިތުރު ދެ އަހަރުގެ އެއްބަސްވުމެއް އޮތް ޑިއާޒް ވިއްކާލުމަށް ލިވަޕޫލުން ބޭނުންވެފައި ނުވިނަމަވެސް، ޑިއާޒް އިތުރަށް ލިވަޕޫލުގައި މަޑުކުރަން ބޭނުންނުވުމާއެކު ކޮންޓްރެކްޓުގައި ބާކީ އޮތް އަހަރުތަކަށް ބަލާފައި، ލިވަޕޫލުން ނިންމާފައިވަނީ އެންމެ ރަނގަޅުގޮތަކީ ރަނގަޅުއަގެއްގައި ޑިއާޒް ވިއްކާލުމެވެ. ޑިއާޒްގެ ސޮއި ހޯދަން ބަޔާން މިއުނިކާއެކު ބާސެލޯނާ މަސައްކަތް ކުރިނަމަވެސް، ބާސެލޯނާއިން 60 މިލިޔަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް ހުށަހަޅަން ދެކޮޅުހަދައެވެ.

މީގެ އިތުރުން ބަޔާން މިއުނިކުން ފުރަތަމަ ހުށަހެޅި 58.5 މިލިއަން ޕައުންޑްގެ އޮފަރ ލިވަޕޫލުން ދެކޮޅު ހެދި ނަމަވެސް، އޭގެ ފަހުން ހުށަހެޅި 65.5 މިލިއަން ޕައުންޑްގެ އޮފަރ ވަނީ ޤަބޫލުކޮށްފައިވެއެވެ. މި މުޢާމަލާތުގެ ޖުމްލަ އަގު އެޑް-އޮންސްތަކާއެކު 75 މިލިޔަން ޔޫރޯއަށް އަރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 37.5 މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ޑިއާޒް، ފަސް އަހަރާއި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

މިހާރު ޓޯކިއޯގައި ހުރި ޑިއާޒް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ލިވަޕޫލުން މައުލޫމާތު ދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 9 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 16 ދުވަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 16 ދުވަސް ކުރިން